ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގައި ފެންނަކަމަށް ތުހުމަތުކުރާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު (އެމްޑީޕީ ރާއްޕެ) މަގާމުން ވަކިކޮށްފިއެވެ.
އަލަމްގިރިއާއެކު ރާފިއު ކަމަށް ބެލެވޭ މީހަކު ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުކޮށްލާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.
އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ރާފިއުގެ ވީޑިއޯއާ ގުޅިގެން ރައީސް އޮހީހުގެ އޮފިޝަލަކު ވަނީ އެ ވީޑިއޯ އާންމުވުމުގެ ކުރީން އެނާ މަގާމުން ވަކިކޮށްފައިވާ ކަމަށާއި އަދި އޭނާގެ މައްސަލަ ފާހަގަ ކުރެވުނު ހިސާބުން ފިޔަވަޅު އަޅާފައިވާ ކަމަށް މީޑިއާއަކަށް މައުލޫމާތު ދެއްވާފައެވެ.
އަލަމްގިރި އާއިއެކު 250 އަށްވުރެ ގިނަ މީހުން އެއްޖިންސުން ގުޅުން ހިންގިކަމުގެ މައުލޫމާތު ލިބިފައިވާއިރު، އަލަމްގިރި މިހާރު ހުރީ ފުލުހުންގެ ބަންދުގަ އެވެ.
އަލަމްގިރީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން ތިން މީހުންނަކީ އަލަމްގިރި އާއިއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ މީހުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު، އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއުވެސް ވަނީ ފުލުހުންގެ ބަންދުގައެވެ.
މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދެން ހައްޔަރު ކޮށްފައި ވަނީ ނޫސްވެރިޔާ އަބްދުﷲ ނަސީރު އެވެ.
މި މައްސަލައާއި ގުޅީގެން ޓީޗަރ5ުންތަކެއްވެސް ވަނީ ސަސްޕެންޑްކޮށްފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތުދެއްވައެވެ.

