ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެތެރެ ގަޑުބަޑުކުރަން އެމްޑީޕީއަށް ދެން ޖާގައެއް ނުދޭނަން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އަށް ދެން ދުވަހަކުވެސް މާލެތެރެ ގަޑުބަޑުކޮށް ރައްޔިތުންގެ މުދަލަށް ގެއްލުން ނުދެވޭނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ އޯގަސްޓް 12 އާއި 13 ކަމުގައިވާ ކަޅު ހުކުރުގެ ޒަމާން ނިމިފައިވާ ކަމުގައެވެ.

ކަޅު ހުކުރަކީ ދިވެހި ރާއްޖޭގެ  ރައީސް ކަމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމް އާ ދެކޮޅަށް 2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 އާއި 13 ގައި އިދިކޮޅު ފަރާތްތަކުން ނިކުމެ ވެރިކަމަށް ފާޑުކިޔައި އިހުތިޖާޖު ކުރި ދުވަހު  ރައީސް މައުމޫނުގެ އޯޑަރަށް މުޒާހަރާ ކުރަމުންދިޔަ ގިނަ ބަޔަކު ހައްޔަރު ކުރި ދުވަހެކެވެ.

އެގޮތުން 2004 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ގިނަ އަދަދެއްގެ ބަޔަކު ޖުމްހޫރީ މައިދާނަށް އެއްވެ ކުރި މުޒާހަރާ އަނެއްދުވަހުގެ ހަވީރު ވަންދެން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މުޒާހަރާގައި ބައިވެރިވި ގިނަ ބަޔަކު ހައްޔަރަށް ގެންދެވި އެ މުޒާހަރާ ރޫޅާލީ މާލޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހުގައެވެ.

އެމްޑީޕީއިން ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އާއި އެކު ވެރިކަމަށް އައިސް ކަޅު ހުކުރު ފާހަގަ ނުކުރަނީ ކުރީގެ ރައީސް މައުމޫން ކޯލިޝަން ލީޑަރެއްގެ ގޮތުގައި ހިމެނޭތީ ކަމަށް އާއްމުންގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ވުމާއެކު ކަޅުހުކުރު ފާހަގަ ނުކުރުމަކީ އެމްޑީޕީ އަށާއި ޕާޓީ އަށް ތާއީދު ކުރާ ގިނަ ބަޔަކަށް ހައިރާންކަން ލިބޭ ކަމެއްގެ ގޮތުގައި އާއްމު މެމްބަރުން ވަނީ ސިފަކޮށްފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: