ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެތެރޭ މީހުން މާލެ އަންނަނީ ފޫހިވެގެންނެއްނޫން! ފޫހިފިލުވަން ބަލަނީ އޮރިޔާމެއްވެސް ނޫން!

ފޮޓޯ:އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެތެެރޭގެ ހިތްފަސޭހަ މާހައުލުގައި ދިރިއުޅެމުންދާ ރަށްރަށުގެ ރައްޔިތުން ވެރިރަށް މާލެއަށް ހިޖުރަކުރަނީ އެ ހިތްފަސޭހަ، އެ ރަށްފުށު ދިރިއުޅުމުގައި ކުރާނެ ކަމެއްނެތިގެން މުނިފޫހި ފިލުވާށޭ ރައީސް ނަޝީދު ބުންޏަސް އަދި އެހެން މީހަކު ބުންޏަސް ޤަބޫލުކުރެވޭކަށްނެތެވެ. މި ވާހަކަ މިވީ، އަޅުގަނޑުމެން ރާއްޖެތެރޭ މީހުންނަށް ހަޖަމްކުރަން ދަތި ވާހަކައަކަށެވެ. ކޮންމެއަކަސް މަނިކުފާނު ވިސްނާނުލާ ތިޔަ ވިދާޅުވި އެއްޗަކުން މަނިކުފާނު ވިދާޅުވި، “މުނިފޫހި ފިލުވަން“ މާލެ އައިސް ތިބި ރަށްފުށުގެ މީސްކޮޅު މިފަހަރު މަނިކުފާނު “ހޫނު ފެނަށް“ ވައްޓާލާފިއެވެ.

ރަށްފުށުގެ ޒަރޫރީ ޚިދުމަތްތަކުގެ ފެންވަރު އެއްމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ ހާލަތު އެއްމެ ގައިތުން ބައްލަވާރައީސް، ރައްޔިތުންނާ ހިތާއި ހިތުގެ ގުޅުމެއް އޮންނަ ހިތްކުގެ ރައީސް ތިޔަފަދަ އެއްޗެއް ވިދާޅުވުމުން ދެން ޖެހޭނީ ހިތާއި ހިތުގެ ގުޅުން ކަނޑާލައި، މާލެއައީ “މުނިފޫހި ފިލުވަން“ ނޫންކަން މަނިުކުފާނަށް ކިޔައިދޭށެވެ.

މަނިކުފާނެވެ! އަޑު އައްސަވާށެވެ. މި ކިޔައިދެނީ ރާއްޖެތެރޭ ރައްޔިތުން މާލެ އައިސް ކުރައްވާ، މަނިކުފާނު ދެކެލައްވާ “މުނިފޫހި ފިލުވުމުގެ“ ގޮތުން ކުރިއަށްގެންދަވާ ބައެއް ހަރަކާތްތަކެވެ.

ރަށްފުށުގެ ގިނަ މީހުން މާލެ ހިޖުރަ ކުރާ މައިގަނޑު އެއްސަބަބަކީ ރަށުން އެއްމެ އެދެވޭ ރަނގަޅު ތައުލީމެއް ދެވެން ނެތުމެވެ. އަމިއްލަ ދަރިންގެ މުސްތަޤުބަލަށް ވިސްނާ މަތީ ތައުލީމު އުނގަނައިދިނުމުގެ މަޤުޞަދުގައި ބޮޑު ކުލި ދައްކައިގެން މާލެއަށް ހިޖުރަކުރުމަކީ ހަމަ ގައިމުވެސް މަނިކުފާނު ތިޔަ ވިދާޅުވާ މުނިފޫހި ފިލުވުމެއް ނޫނެވެ.

ޕްރީ ސްކޫލު ކުދިންތަކެއް– ފޮޓޯ: ސަން

ރަށުގެ ސިއްހީ މަރުކަޒުން އެދެވޭ ފަދަ ބޭސްފަރުވާގެ ޚިދުމަތް ނުލިބި، ކިޑްނީ ފެއިލްވުން ފަދަ ބަލިތަކުގައި ޑައިލެސިސް ހެދޭނެ ވަރު ރަށު މަރުކަޒުން ލިބެން ނެތި، ދުނިޔޭގައި ހުރުމުގެ އުއްމީދާއެކު ރަށުގައި ފެށި އުފާވެރި ދިރިއުޅުން ދޫކޮށް މާލެ ހިޖުރަކުރަން މަޖުބޫރުވަނީ ހަމަ ގައިމުވެސް މުނިފޫހި ފިލުވުމަކަށް ނޫނެވެ.

އައިޖީއެމް ހޮސްޕިޓަލް

ޑިގްރީއާއި ހަމައަށް ރަށުގައި ހުރެގެން ކިޔަވާ ޒުވާން އެތައް ކުދިންނެއް ވަޒީފާނުލިބި ތިބުމަށްފަހު، ވަޒީފާއެއް ހޯދުމަށް ވެރިރަށް މާލެއަށް ހިޖުރަ ކިުރަނީ ކިތަންމެ ބޭނުން ނުވިޔަސް ވަޒީފާއެއް ލިބެން މި ނޫން ގޮތެއް ނެތިގެން ކަމަށްވާއިރު، މިއީ މުނިފޫހި ފިލުވުމަށް ކުރާވަރުގެ ކަމެއް ނޫންކަން ހަމަ ގައިމުވެސް މަނިކުފާނަށް މިހާރު ވިސްނެންވާނެއެވެ.

ގޫގަލް

މިފަދަ ސަބަބުތަކަށްޓަކައި އަޅުގަނޑުމެން ރަށްފުށުގެ އެތައް ބަޔަކު މާލެ ހިޖުރަކުރާއިރު، އަދިވެސް އަޅުގަނޑުމެން އަންނަނީ މުނިފޫހި ފިލުވަން ކަމަށް މަނިކުފާނަށް ހީފުޅުވާނަމަ ، ރަށްފުށުގައި ތިބެންވެސް އަޅުގަނޑުމެންނަށް މާ ހިތަށް ފަސޭހަވާނެއެވެ. މާ ބޮޑަށް މުނިފޫހި ފިލާނެކަންވެސް ޔަޤީނެވެ.

ދެން ހުންނެވީ މަނިކުފާނުގެ ހިތާނުވާ ލޯބިވެރިޔާ އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢިލެވެ. ދެކޮޅުވެރި ވެއްޖެނަމަ އެފަދަ ދުޝްމަނަކު ނެތެވެ. ހިތާވެއްޖެނަމަ އެފަދަ ލޯބިވެރިއަކު ނެތެވެ. ކޮންމެއަކަސް މާލޭގައި އުޅުއްވަމުން މިފަހަރު އަޅުގަނޑުމެންގެ މިނިސްޓަރު ވަރަށް އެނގިގެން ދެއްކެވީ އަޅުގަނޑުމެން ރަށްފުށުގެ މީހުން މުނިފޫހި ފިލުވަން ކުރާ މައިގަނޑު މަސައްކަތުގެ ވާހަކައެވެ.

މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެން ރާއްޖެތެރޭގެ 80 އިންސައްތަ މީހުން މުނިފޫހި ފިލުވުމަށް ކުރާ މަސައްކަތަކީ އޮރިޔާން ފިލްމު ބެލުން ކަމުގައެވެ. މިނިސްޓަރުގެ މި ދިރާސާވެސް އެއްވެސް ބުރަދަނެއް ހުރި ދިރާސާއަކަށް ނުވިއެވެ. މި ދިރާސާގެ ނަތީޖާއަކަށްވެސް ވީ ރައީސް ނަޝީދުގެ ބަސްތަކުން ރުޅިއައިސްތިބި ރާއްޖެތެރޭ މީހުން އިތުރަށް ރުޅި އައުމެވެ.

އަޅުގަނޑަށް މި ދެންނެވުނީ ގޯސްކޮށްކަމަށްވެސް ވެދާނެއެވެ. މިނިސްޓަރު އެ ވިދާޅުވާ %80 ރާއްޖެތެރޭމީހުން މުނިފޫހި ފިލުުވުމަށް ބަލާ އޮރިޔާން ފިލްމުތަކަކީ މިފަހުން ދައުލަތުން ނެރުނު ފިލްމުގެ އެޕިސޮޑުތައް ބާވައެވެ. އެހެންކަމަށްވާނަމަ ޔަޤީނުންވެސް އެ ފިލްމުތައް ބެލީ ރާއްޖެތެރޭގެ މީހުންނެއް އެކަންޏެއް ނޫނެވެ. މާލޭގެ ރައްޔިތުންވެސް ހިމެނޭނެކަން ޔަޤީނެވެ. އަދި ދިރާސާގައި އެއިން %80 ޕަސެންޓްގެ ބަދަލުގައި އިންނަންވާނީ %100 ޕަސެންޓެވެ.

ކޮންމެއަކަސް އަޅުގަނޑުމެން ރާއްޖެތެރޭމީހުން މާލެ އަންނަނީ “މުނިފޫހިފިލުވަން“ ނޫންކަން މަނިކުފާނަށް އެނގިއްޖެ ކަމަށް އުއްމީދުކުރަމެވެ. އަދި ރާއްޖެތެެރޭގައި ތިބެގެން މުނިފޫހި ފިލުވުމަށް ބަލަނީ އޮރިޔަާން ފިލްމު ނޫންކަންވެސް އެނގޭނެކަމަށް އުއްމީދުކުރަމެވެ. “މުނިފޫހި ފިލުވަން“ މި ކޮންކްރީޓް ޖަންގައްޔަށް އައުމަށްވުރެއް ރަށުގައި އިނެގެން ލަނގިރި ޖެހިއަސް އަޅުގަނޑުމެން ރާއްޖެތެރޭމީހުން މާ ހިތްހަމަ ޖެހޭނެއެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 0%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

6 Responses

  1. ތިޔަބުނާ އޮރިޔާން ފިލުމުތަށް ކުޅުނީ މާލޭ ޝައިތާނުން ދެއްތޯ ކިހާތާހިރު މާލޭބޭފުޅުން ދައްކަވާ ވާހަކަފުޅާ އުޅުއްވާ ގޮތްކޮޅު

    1. ޜާއްޖެތެރޭ މީހުންނަށް މާލެ ނާދެވޭ ގޮތަށް ބޭވިނަމަ މިއަދު މިދެކޭ މާލެއެއް ނޯނާނެ. މާލެ މާލެއަކަށް ހެދީ އަހަރުމެން އައިސް

  2. މާލޭ މީހުން އޮރިޔާން ފިލްމު ކުޅުން ރައްޖެ ތެރޭ މީހުން ބަލަނީ ދޯ އެހެންތަ ތިޔަ ވިދާޅުވަނީ. އެ ޔަހޫދީ ކަލޭގެ.

  3. މާލެ ބޭފުޅުން މުނިފޫހިފިލުވަނީ އެއްޖިންސުން ގުޅުން ހިން ގައިގެންނޭ ފައްޔާޒު ނުބުނުއްވީކީއްވެތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: