ދިމާވާ މައްސަލަތައް ހައްލު ކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ ފޯމިއުލާއަކީ ލޯމަރަލައިގެން ހުނެވުންކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސިފަކުރައްވައިފިއެވެ.
ދުނިޔޭގެ އިގްތިސޯދަށް ބޮޑު ހީނަރުކަމެއް އައިސް ބައިނަަލްއަގުވާމީ މައިދާނުގައި އެ ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އިޝާރާތްކުރައްވާ ސައީދު ވިދާޅުވީ، ރައީސް ސާލިހު ނޫނީ އިންފްލޭޝަން މައްޗަށް ދިއުން، އިގްތިސޯދު ފުނޑުފުނޑުވުން އަދި ދިރުއުޅުމުގެ ހަރަދުތައް މައްޗަށް ގޮސްފައިވާކަން ފާހަގަކުރެއްވިފައިނުވާ ނުވަތަ ގޮސްފައިވާކަން ގަބޫލު ނުކުރައްވާ ލީޑަރެއް ނެތްކަމަށެވެ.
ސައީދު ވިދާޅުވީ، ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރެއްވުމަށް ރައީސް ސާލިހު ގެންގުޅުއްވާ ފޯމިއުލާއަކީ ބަހެއް ވިދާޅުނުވެ ނިދާލުމަށް ފަހު ހޭލައި ފައިސާ ޗާޕު ކުރުން ހިމެނޭކަމަށް ބައެއް މަޖިލީހުގެ މެމްބަރުން ވިދާޅުވަމުންދާކަމަށެވެ.
1/ #Maldives Debt crossing MVR108B
—-
No world leader except @ibusolih ignorant on #inflation,cost of living,bad economy. His formula according to some parliament colleagues;not to say anything,go into a slumber. When wakes up, pic.twitter.com/G9gr94MFMF— Mohamed Saeed (@em_saeed) September 23, 2022
ސައީދު ވިދާޅުވީ، ރައީސް ސާލިހުގެ ފޯމިއުލާގެ ތެރޭގައި ދަރަނި ނަގައިގެން ދަރަނިތައް ދެއްކުމާއި، ހަރަދުތައް އިތުރުކުރުން ހިމެނިވަޑައިގަންނަވާކަމަށެވެ. އަދި އެމްއެމްއޭގެ ގަވަނަރުގެ އަނގަ ބަންދު ކުރުމާއި ހަރަދަށް ޒިންމާވާ ގާނޫނު ސަސްޕެނޑު ކުރުން، މަޖިލީހުގެ މާލީ ކޮމިޓީ ތަޅު އެޅުވުމުގެ އިތުރުން ރައްޔިތުން އަތުން ނަގަމުންދާ ޓެކްސް ފައިސާގެ އަދަދުތައް އިތުރުކުރުމާއި ޒިންމާއެއް ނުނަންގަވާ ދެވަނަ ދައުރަކައިގެން އުޅުއްވުންވެސް ހިމެނޭކަމަށް އެނާ ފާހަގަކުރެއްވިއެވެ.
ސައީދުގެ ނުރުހުން ރައީސް ސާލިހަށް އަމާޒު ކުރެއްވީ ދިވެހިރާއްޖޭގެ ދަރަނީގެ އަދަދުތައް 108 ބިލިއަނާއި ގާތް ކުރަމުންދާކަމަށް ފާހަގަކުރައްވާއެވެ. ދަރަނީގެ އަދަދުތައް އިންތިހާއަށް ބޮޑުވެފައިވާކަމަށް ސައީދު ފާހަގަކުރެއްވިއިރު، ދުނިޔޭގެ މާލީ ވުޒާރާތަކުންވެސްވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާކަމަށް ބުނެ އިންޒާރުތަކެއް ދީފައެވެ.

