ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުން ގަސް ކަނޑާނަމަ ނަޝީދު ހުރީ ޝަރީއަތަށް ދާން ތައްޔާރަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގުން ގަސް ކެޑުން ހުއްޓާނުލައިފިނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރިއްޔަތަށް ދިޔުން ނޫން ގޮތެއް ނޯންނަކަމަށް މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވާ ދެއްވަމުން ރިޔާސަތުން އަންގާ އެއްގެވުމުގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރީ މަޖިލީހެއްގައިވެސް އެމަނިކުފާނު އަމީނީ މަގުން ގަސް ކަނޑަމުންދަ ވާހަކަ ދެންނެވިންކަމަށެވެ.

20 ސެޕްޓެމްބަރު ވަނަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ގަހެއް ރަނގަޅަށް ހެދިބޮޑުވުމަށް 15 ނޫނީ 20 އަހަރު ނަގާ ކަމަށާއި އެހެން ނަމަވެސް މަގެއް ހެދުމަށް ނަގަނީ ދެތިން މަސްކަމަށެވެ. އެހެންކަމުން ގަސްތައް ނުނަގައި މަގު ހެދޭނެ ގޮތެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރިކަމެއްގެ ގޮތުގައި ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މަޝްރޫއުގައި ޝާމިލުވާ މާލެ ސިޓީ ކައުންސިލާއި އަދި އާރުޑީސީ ވެސް މިކަންކަމަށް ބައްލަވައިގެން ގަސްތައް ނުކަނޑައި މަގުތައް ހެދޭނެ ގޮތެއް ހޯދުން މުހިންމު ކަމަށެވެ.

އަޅުގަނޑު އުއްމީދުކުރަން މާލޭ ސިޓީ ކައުންސިލްއިންނާއި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންސްއިން ވެސް މި ކަންކަމަށް ބައްލަވައި ގަސްތައް ނުކަނޑައި މަގުތައް ހެދޭނޭ ގޮތެއް ހޯއްދަވާނެ ކަމަށް” ރައީސް ނަޝީދު

މި މައްސަލަ އާއި ގުޅިގެން މިއަދު އެމަނިކުފާނު ވިދާޅުވީ މިއީ މާލޭގައި ދިރިއުޅެމުންދާ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުންކަމަށާއި، އެހެންކަމުން އެ ކުންފުނިންނާއި ސަރުކާރުންވެސް މިކަމުގައި އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނޭކަމަށް އުއްމީދުކުރައްވަންކަމަަށެވެ.

ނޫންނަމަ އެމަނިކުފާނަށް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަސް ދިޔުން ނޫން ގޮތެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގަސް ކެޑުމުގެ މައްސަލަ އާއި ގުޅިގެން ސިޓީ ކައުންސިލުގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ ފުރަތަމަ އޮތް އެއްބަސްވުމުގައި ވެސް ގަސްތައް ކަނޑާލުމުގެ ވާހަކަތަކެއް ނެތް ކަމަށެވެ. އާރުޑީސީގެ މަޝްރޫއު އާއި ހަމައިން ގަސްތައް ކެނޑުމުގައި އެހީވުމަށް ހުށަހެޅުމުން ގަސް ނުކެނޑުމަށް އެދިފައިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެއްވެސް ގަހެއް ނުނަގާ ކުރިއަށްގެންދާށޭ، ދެން އަދި އޭގެ އިތުރަށް އަޅުގަނޑުމެން ބޭނުމޭ އަޅުގަނޑުމެންގެ ކައުންސިލުގެ ސްޓްރެޓްޖިކް ޕްލޭންގެ ތެރެއިން ހިންގާ ވަރަށް މުހިންމު މަޝްރޫއެއް މިއީ އެއް ލައްކަ ގަސް ޕްރޮގްރާމް. އަޅުގަނޑުމެން ގަސް ކަނޑާ ބައެއްގެ ބަދަލުގަ އަޅުގަނޑުމެން މިއީ ގަސް އިންދާ ބައެއް ބަޔަކައްވާން” މުއިއްޒު

މި މައްސަލައިގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު ވިދާޅުވެފައި ވަނީ މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށާއި އެހެން ނަމަވެސް މަގުގައި ހުރި ބައެއް ގަސްތައް ނަގަންޖެހޭ ކަމަށެވެ. މޫކޭ ވިދާޅުވެފައި ވަނީ ގަސްތައް ކެނޑި ނަމަވެސް މަސައްކަތް އެއްކޮށް ނިމޭއިރު ކޮންމެ ގަހަކަށް ގަހެއް އިންދާފައި ހުންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: