ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެލިވަރުގައި ކުރިއަށް ގެންދާ މަޝްރޫއުގެ 51 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ

ފެލިވަރުގައި އެމްޓީސީސީއިން ކުރިއަށްގެންދާ މަޝްރޫޢު: ފޮޓޯ/ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޅ ފެލިވަރުގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 51 އިންސައްތަ މަސައްކަތްތައް ނިންމާފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ފެލިވަރުގައި ހިންގަމުންދާ މަޝްރޫޢުއަށް އަލިއަޅުވައި ބުނެފައިވާގޮތުން، މިހާރު އެ ރަށުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައްވަނީ ނިމިފައެވެ. އަދި ރިވެޓުމެންޓު މަސައްކަތުގެ 93 އިންސައްތަ ނިންމާފައިވާކަމަށާއި، މަސައްކަތް ކުރާ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދަނީ ޝީޓު ޕައިލް ކުރުމުގެ މަސައްކަތް ކަމަށެވެ.

އެމްޓީސީސީއިން ބުނެފައިވާގޮތުން، މި މަޝްރޫއުގެ ދަށުން 6 ހެކްޓަރުގެ ބިން ހިއްކުން، 229،663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން، 220 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުން، 148 މީޓަރު ސަހަރައްދެއްގައި ބޭރު ތޮށި ލާނެ އިރު، 270 މީޓަރު ސަރަހައްދެއްގައި ރިވެޓޫމެންޓު މަސައްކަތްތައްވެސް ކުރެވޭނެކަމަށެވެ.

އެމްޓީސީސީއިން ހިއްސާކޮށްފައިވާގޮތުން މި މަޝްރޫޢުއަށް ޖުމުލަ ގޮތެއްގައި 113.3 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: