އދ ދިގުރަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އޮކްޓޯބަރ 30 ވަނަ ދުވަހު ސައިޓް މޮބިލައިޒް ކޮށްފިައެވެ.
މި މަޝްރޫއުގެ ދަށުން 64،416 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 6،770 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 294 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 287 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 2324 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ޖެޓީއެއް ހެދުމާއި އޭޕްރަންއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 53.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

