ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ ވިދާޅުވަނީ ގާނޫނާއި ހިލާފަށް ހަރަދު ނުކުރައްވާ ކަމަށް، އަމަލުކުރާނީ ފިނޭންސް މިނިސްޓަރ އެންގެވި ގޮތަށް: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހަރަދުކުރުމަށް ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް ހަރަދުކޮށްފައި ނުވާނެކަން ފިނޭންސް މިނިސްޓްރ އިބްރާހިމް އަމީރު އަންގަވާފައިވާ ކަމަށާއި އެހެންކަމުން އެ ނޫން ގޮތަކަށް އެކަން ސާބިތު ނުވާހާ ހިނދަކު އަމަލު ކުރައްވާނީ ފިނޭންސް މިނިސްޓަރ އަންގަވާފައިވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް މިއަހަރަށް މަޖިލީހުން ފާސްކުރި ދައުލަތުގެ ބެޖެޓަށްވުރެ އިތުރަށް ހަރަދުކޮށް ސްޕްލިމެންޓްރީ ބަޖެޓަށް ގާނޫނުއަސާސީއާއި ހިލާފަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވުމާއި ގުޅިގެންނެވެ.

ޝިޔާމް އެ ވާހަކަފުޅާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރ ދެއްވާފައިވާ ކަމަށެވެ. އަދި އެކަން ޔަގީންކޮށްދެއްވައި މަޖިލީހަށް ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެ ސިޓީގައިވާ ތަފްސީލެއް ރައީސް ނަޝީދު ދެއްވާފައެއް ނުވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް  ބަޖެޓު ހުށަހެޅިއިރު، މި ހިނގާ 2022 ވަނަ އަހަރުގެ ބަޖެޓު ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ޖެހޭކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވިއެވެ. އެހެންކަމުން މިއަހަރަށް ފާސްކުރި 36 ބިލިއަން ރުފިޔާގެ އިތުރަށް 5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށާއި އަހަރު ނިމޭއިރު ދައުލަތުގެ ހަރަދުތައް ހުންނާނީ 42 ބިލިއަނުގައި ކަމަށް ބަޖެޓު ފޮތުގައި ހިމަނާފައިވެއެވެ.

އެކަމާއި ގުޅިގެން ރައީސް ނަޝީދު މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި ލިއުމެއްގައި ވިދާޅުވެފައިވާ ގޮތުން މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ ހަރަދުތައް އިތުރުކޮށްގެން ނުވާނެކަން ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި  މާލިއްޔަތު ޤާނޫނުގައި ބުނާގޮތުން ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން އެދި ހުށަހަޅާނަމަ އެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ސަޕްލިމެންޓަރީ ބަޖެޓު ތައްޔާރުކޮށް އެ ފައިސާ ބޭނުންވާ ދުވަހުގެ 1 މަސް ކުރިން މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަހަރުގެ ބާކީ އޮތްތަނުގައި ދައުލަތުން 5.8 ބިލިއަން ރުފިޔާ ހަރަދުވެދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާއިރު، މިއަހަރުގެ މިހާތަނަށް އައިއިރު މަޖިލީހުން ފާސްކުރުމެއް ނެތި އެ އިތުރުވާ މިންވަރުގެ ތެރެއިން ހަރަދުވެފައިވަނީ ކިހާވަރެއްކަންވެސް  ސާފުވާން ނެތްކަން ރައީސް ނަޝީދު ފާހަގަ ކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: