ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރުން،: ހިޔާލުތައް ވަރަށް ތަފާތު!

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމަށް ކެމްޕޭން ލޯންޗްކުރާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު މިކަމުގައި މިފަހަރު ވަަރަވެސް ހިޔާލްތައް ތަފާތެވެ.

އިއްޔެ ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ އަރިސް މެމްބަރުންނާއި އާއިލާ ބޭފުޅުންނާއި އެކު މަޝްވަރާކޮށް ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަން ހާމަކުރައްވާފައެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ކެމްޕޭން ލޯންޗްކުރަނީ އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ގދ ތިނަދޫގައެވެ. އެހެންކަމުން ތިނަދޫގައި ރައީސް ނަޝީދުގެ ކެމްޕޭން ފެށުމުގެ ހަރަކާތްތަކަށް ތައްޔާރުވާ ކަމުގެ މައުލޫމާތުތައް ވަނީ ލިބިފައެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ހަބަރާއެކު އާއްމުންގެ ގިނަ ބަޔަކު، ވަކިން ހާއްސަކޮށް އެމްޑީޕީގެ އާއްމު މެމްބަރުން ދަނީ އެކަމަށް ތާއީދު ކޮށް ޝުއޫރު ފާޅުކުރަމުންނެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ރައީސް ނަޝީދަށް މަރުހަބާ ކިޔަމުންދާއިރު ބައެއް މީހުން ބުނެފައިވަނީ މި ރާއްޖެ ދެންވެސް ބަދަލުކުރާނީ ރައީސް ނަޝީދު ކަމަށެވެ. އަނެއްބަޔަކު ބުނެފައިވަނީ ރާއްޖެ ދެން ބަނޑަށްޖެހެން ނުޖެހޭނެ ކަމަށާއި ގައުމު ސަލާމަތް ކުރެވޭނީ ރައީސް ނަޝީދަށް ކަމަށެވެ.

ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރާ ހަބަރާއެކު ބައެއް ފަރާތްތަކުން ބުނެފައިވަނީ އުއްމީދު އާވެއްޖެ ކަމަށާއި އެމްޑީޕީގެ ތެރޭގައި ތިބި ގިނަ މީހުން ގެ ވޯޓް ލިބޭނީ ރައީސް ނަޝީދަށް ކަމަށެވެ. ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނަމަ މުޅި ޕާޓީގެ ތިން ބައިކުޅަ ދެބައި މީހުންގެ ވޯޓް އެމަނިކުފާނަށް ލިބޭނެ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

ގައުމު ފުނޑުފުޑުކުރުމަށް ނޭދޭ އެންމެން ރައީސް ނަޝީދުގެ ކެމްޕޭން ލޯންޗް ކުރުމުގެ ހަރަކާތުގައި ބައިވެރިވުމަށް އެދޭ ކަމަށާއި މިވަގުތަކީ ދަތި އަދި އުނދަގޫ ވަގުތެއް ކަމަށް ވެސް އާއްމުންގެ ތެރެއިން މީހެއްގެ ޝުއޫރު ފާޅުކޮށްފައިވެއެވެ.

އެމްޑީޕީ އަށް ތާއީދު ކުރާ އެހެން މެމްބަރަކު ބުނެފައިވަނީ ވަޒީފާ އެއް މަގާމެއްގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށާއި އެމްޑީޕީގެ އަސާސްތައް ނަގާ ބޮލާލާ ޖެހި ބަޔަކަށް ދޭނެ ވޯޓެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ނަން އިންތިހާބުގައި އޮތްނަމަ އޭނާގެ ވޯޓާއި އާއިލާގެ ވޯޓް ވެސް އެމަނިކުފާނަށް ދޭނެ ކަމަށެވެ. އޭނާގެ ޓްވީޓްގައި ވަނީ އެމްޑީޕީ ސެކްރެޓޭރިއަޓް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ރައީސް ނަޝީދުގެ އަރިސް މެމްބަރެއް ކަމަށް ވާ އިމްތިޔާޒް ފަހުމީ ވެސް ޓެގްކުރައްވާފައެެވެ.

ރައީސް ނަޝީދު އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެ ވާހަކަ ފެތުރިފައިވާއިރު އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާނީ މިހާރުގެ ރައީސް އަދި ޕާޓީގެ އިސްލީޑަރު އިބްރާހިމް މުހައްމަދު ސާލިހް އާއެވެ.

ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރުމާ ދެކޮޅަށް ބައެއް އާއްމުން ހިޔާލުފާޅުކޮށްފައިވެއެވެ. އެގޮތުން ރައީސް ސާލިހު ވާދަކުރާ އެއްވެސް މަގާމަކަށް ރައީސް ނަޝީދު ވާދަ ނުކުރާނެ ކަމަށް ވެސް މީގެ ކުރިން ބުނެފައިވާ ކަމަށް އާއްމު ރައްޔިތުންގެ ތެރެއިން ބައެއް މީހުން ވަނީ ބުނެފައެވެ. އަދި ރައީސް ނަޝީދަށް ވޯޓް ދޭނީ ކާކުތޯ ބުނެ ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވާދަކުރައްވަނީ ބޮޑުވަޒީރު ކަމަށްތޯ ބުނެ ބައެއް މީހުން ވަނީ މީސް މީޑިއާގައި ބަހުގެ ހަމަލާތައް ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: