ޗައިނާއާއި އިންޑިއާ އެއްފިއްސަކުން ކުލަ ނުކުރުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސުމާއި އެކު، ދެ ގައުމުގެ ދެމެދު ތަފާތުތަކެއް ހުރިކަމަށް އިޝާރާތްކުރައްވާ ރައީސް ނަޝީދުވަނީ ޗައިނާއަށް ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ތަރައްގީ ކުރުމުގައި އެހީތަކެއްވަމުންދާކަމަށެވެ.
We shouldn’t paint India and China with the same brush: India helps Maldives develop independently, the other attempts to use debt as a disciplining agent. @HKurusee, for the record, isn’t my account https://t.co/nPT110nI7n
— Mohamed Nasheed (@MohamedNasheed) November 30, 2022
އިންޑިއާ އަށް ތައުރީފު ކުރައްވާ ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ، ޗައިނާއިން އެ ގައުމުގެ ލޯނުތައް ބޭނުންކުރަމުންދަނީ ދަރަނީގެ ދަނތުރައެއްގެ ސިފައިގައިކަމަށެވެ. އަދި އެކަން ކުރަމުންދަނީ ރާއްޖެ ކޮންޓްރޯލް ކުރުމުގެ މަގުސަދުގައިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދުވަނީ އެމަނިކުފާނު މި ފަހަކަށް އައިސް މަޝްހޫރުވެފައިވާ ޓްވިޓާރ އެކައުންޓު ”ހަސަން ކުރުސީ“ ބޭނުންކުރައްވަމުންދާކަމަށް ކުރެވެމުންދާ ތުހުމަތުތައް ދޮގުކުރައްވާ، އެއީ އެމަނިކުފާނުގެ އެކައުންޓެއް ނޫންކަމަށް ފާހަގަކުރައްވާފައެވެ.


One Response
މިހިރީ މީނަ ދައްކާވާހަކަ. ކޮއްމެ ކަމެއްގައިވެސް މީނަ ދަައްކާނީ ކަމުގެ އެކޮޅުކޮޅު. އިންޑިއާއިން ދަރަނި ނަގަމުން ގޮސް މިއޮތީ ގައުމުގެ މިނިވަަންކަން ގެއްލޭ ހިސާބައްގޮަސްފަ. އެމީހުންގެ ބުނާނގޮތަށް ނުން އެހެންގޮތަކަށް މިގައުމުގެ ކަމެއް މިހާރު ނުކުރެވޭ . އިންޑިއާ ރާއްޖޭގެ ހުރިހާހކަމެއ ކޮންޓްރޯލް މިކުރަނީ.!!!