ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން އުޅެނީ ދަރަނީގެ ދަންތުރައެއް ބޭނުންކޮއްގެން ރާއްޖެ ކޮންޓްރޯލް ކުރަން: ރައީސް ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއާއި އިންޑިއާ އެއްފިއްސަކުން ކުލަ ނުކުރުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސުމާއި އެކު، ދެ ގައުމުގެ ދެމެދު ތަފާތުތަކެއް ހުރިކަމަށް އިޝާރާތްކުރައްވާ ރައީސް ނަޝީދުވަނީ ޗައިނާއަށް ފާޑުވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ތަރައްގީ ކުރުމުގައި އެހީތަކެއްވަމުންދާކަމަށެވެ.

އިންޑިއާ އަށް ތައުރީފު ކުރައްވާ ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ، ޗައިނާއިން އެ ގައުމުގެ ލޯނުތައް ބޭނުންކުރަމުންދަނީ ދަރަނީގެ ދަނތުރައެއްގެ ސިފައިގައިކަމަށެވެ. އަދި އެކަން ކުރަމުންދަނީ ރާއްޖެ ކޮންޓްރޯލް ކުރުމުގެ މަގުސަދުގައިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދުވަނީ އެމަނިކުފާނު މި ފަހަކަށް އައިސް މަޝްހޫރުވެފައިވާ ޓްވިޓާރ އެކައުންޓު ”ހަސަން ކުރުސީ“ ބޭނުންކުރައްވަމުންދާކަމަށް ކުރެވެމުންދާ ތުހުމަތުތައް ދޮގުކުރައްވާ، އެއީ އެމަނިކުފާނުގެ އެކައުންޓެއް ނޫންކަމަށް ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިހިރީ މީނަ ދައްކާވާހަކަ. ކޮއްމެ ކަމެއްގައިވެސް މީނަ ދަައްކާނީ ކަމުގެ އެކޮޅުކޮޅު. އިންޑިއާއިން ދަރަނި ނަގަމުން ގޮސް މިއޮތީ ގައުމުގެ މިނިވަަންކަން ގެއްލޭ ހިސާބައްގޮަސްފަ. އެމީހުންގެ ބުނާނގޮތަށް ނުން އެހެންގޮތަކަށް މިގައުމުގެ ކަމެއް މިހާރު ނުކުރެވޭ . އިންޑިއާ ރާއްޖޭގެ ހުރިހާހކަމެއ ކޮންޓްރޯލް މިކުރަނީ.!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: