ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމީ ވޯޓެއް ނެގުމަށް ޕާޓީއަށް މަޖުބޫރެއް ނުކުރެވޭނެ : ރީކޯ މޫސަ

އެމްޑީޕީހގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އަދި ބަރުލަމާނީ ނިޒާމްގެ ނަމުގައި ވޯޓެއް ނެގުމަށް ޕާޓީއަށް މަޖުބޫރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ކުރީގެ  ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ރީކޯ ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅު ބޭފުޅުން ޕާޓީގެ އުސޫލާ އެއްގޮތަށް ކުރިމަތިލައްވާ ކެމްޕޭން ކުރެއްވުމަށެވެ.

 

ބެލެވޭ ގޮތުގައި މޫސަގެ ޓްވީޓް އަމާޒުކުރައްވާފައިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.

މޫސަ އަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ތާއީދު ކުރައްވާ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ގޮވާލާ ވާހަކަ ދައްކަވަމުން ގެންދަވާ ބޭފުޅެކެެވެ. މޫސަ އެމްޑީޕީ އާ ގުޅިފައިވަނީ ހުސްވި މަހުގެ ތެރޭގައެވެ. އެމްޑީޕީ އާ ގުޅުމުގެ ކުރިން ވެސް މޫސަ ގެންދަވަނީ ރައީސް ސާލިހް އާ އެކު ބައްދަލުވުންތައް ބާއްވަވައި އެމަނިކުފާނަށް ތާއީދުކުރައްވަމުން ކަން ފާހަގަކޮށްލެއެވެ.

މޫސަ އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީ އަކީ އެންމެ ދެމީހެއްގެ އެކަނި ކަމެއް ނޫން ކަމަށާއި އެއީ ލައްކަބައެއްގެ މަސައްކަތް ކަމަށެވެ. އަދި އެމްޑީޕީ އަކީ ވަކިބަޔަކަށްޓަކައި ދޫކޮށްލެވެން ނެތް ޕާޓީއެއް ކަމަށާއި އެ ޕާޓީ އަކީ އެތައް ބައެއްގެ ހައްގެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީ އަކަށް ދިއުމުގެ ކުރިން ޕާޓީއިން ވީ ވައުދު ފުއްދަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ ވައުދަކީ ނިޒާމީ ވޯޓެއް ނެގުމުގެ ވައުދު ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދާދި ފަހުން ބޭއްވި އާސްކް ސްޕީކަރ ޕްރޮގްރާމްގައި އާއްމު ފަރާތަކުން ޕްރައިމަރީގައި ވާދަކުރެއްވުމާއި ގުޅޭ ގޮތުން ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީ އިން އެއްބަސްވެފައިވަނީ ނިޒާމީ ވޯޓެއް ނެގުމަށް ކަމަށާއި އަދިވެސް އެކަން އޮތީ ނުކުރެވިކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީ ތަކާއެކު ވެވުނު އެއްބަސްވުމުގައި ވެސް ނިޒާމީ ވޯޓެއް ނެގުމާއި ބެހޭ ވާހަކަ ހިމެނިފައިވާ ކަމަށާއި އެކަމަށް ޕާޓީ ތަކުން ތާއީދު ކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކަވަން ފައްޓަވާފައިވަނީ އެމްޑީޕީގެ ކޮންގްރެސްގައެވެ. އެގޮތުން ކޮންގްރެސް އަށް އެމަނިކުފާނު ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ ވޯޓް ނެގުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. ނަމަވެސް ފަހުން ވިސްނުމަށް ކަމަށް ވިދާޅުވެ ކޮންގްރެސް ނިމުނުއިރު އެއިސްލާހު ވަނީ އަނބުރާ ގެންދަވާފައެވެ.

ދާދި ފަހުން ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް އެމަނިކުފާނު ވަނީ ގދ ތިނަދޫ އަށް ވަޑައިގެން ބަރުލަމާނީ ނިޒާމް ގެނައުމުގެ ވާހަކަ ތަކުރާރު ކުރައްވާފައެވެ.

ވީ ވަޢުދާއި އެއްގޮތަށް ބަރުލަމާނީ ނިޒާމުގެ ވޯޓަށް ނާހާ  އިތުރު ވާހަކަ ދެއްކުމަކީ ބުއްދިވެރި ގޮތަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެގޮތުން ތިނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު ރައްޔިތުންނާއި ހަމައަށް ގެނައި މެނިފެސްޓޯގައި ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކަ ހިމެނީ އެކަން ފުރިހަމަ ކުރުމަށް  ކަމަށް ވިދާޅުވެފައެވެ. އަދި ވީ ވައުދަކީ ނިޒާމީ ވޯޓެއް ނެގުން ކަމަށާއި އެކަން ނުކޮށް އިތުރު ވާހަކަ ދެއްކުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ބަރުލަމާނީ ނިޒާމްގެ ވާހަކަ ދައްކަވާއިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހު މީގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ. ހަމައެހެންމެ ރައީސް ސާލިހަށް ތާއީދު ކުރައްވާ މެމްބަރުންނާއި ކެބިނެޓްގެ ވަޒީރުންގެ ތެރޭގައި ހިމެނޭ ރައީސް ސާލިހުގެ އަރިސް މެމްބަރުންވެސް ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: