ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އދ މަންދޫ ބަނދަރު ތަރައްކީ ކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެއެވެ.

މި މަޝްރޫއުގައި ހިމެނޭ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތާއި އައު ހާބަރ ބޭސިން އާއި ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން 65،854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 236 މީޓަރުގެ ސަރަހއްދެއްގައި އެއްގަމު ތޮށި ލުމާއި، 319 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 71 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ އިތުރުން 1180 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 31.08 މިލިއަން ރުފިޔާގެ މަޝްރޫއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: