ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ތަޖުރިބާއިން އެހެން ސިޔާސީ ލީޑަރުން އިބްރަތް ހާސިލް ކުރަން ޖެހޭ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، ރައީސް ނަޝީދާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތަޖުރިބާއިން އެހެން ސިޔާސީ ލީޑަރުން އިބްރަތް ހާސިލްކުރަންޖެހޭކަމަށް އިދިކޮޅުގެ އިސް ސަފުގައި ހަރަކާތްތެރިވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިއްޔަ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއި ވާދަކުރައްވާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެއްވުމުން ކުރެއްވި ޓުވީޓެއްގައި އާދަމް ޝަރީފް ވިދާޅެފައިވަނީ މިކަމުން އިބްރަތް ހާސިލްކުރަންޖެހޭކަމަށެވެ.

ޕީޕީއެމްގެ ލީޑާޝިޕް އާއި ސަޕޯޓަރުން އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ކުރާ އިތުބާރާއި އިހުތިރާމާއި އަދި ރައީސް ޔާމީން މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތުން އެގެނީ ގައުމު ރައީސް ޔާމީންއަށް ބޭނުންވާ މިންވަރުކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ބެލެވޭ ގޮތުގައި އޭނާ މި ޓުވީޓުކުރައްވާފައި މިވަނީ ރައީސް ނަޝީދު އެ ޕާޓީއަކަށްޓަކައި އެތައް ގުރުބާނީއެއްވި ޕާޓީގެ އިސް ސަފުގައި ތިއްބެވި މެންބަރުން މިއަދު އެމަނިކުފާނާއި ދެކޮޅަށް މަސައްކަތްކުރައްވާ ކުރި ހޯއްދަވާފައިވާތީއެވެ. އެމްޑީޕީގައި މިހެން ކަން ހިގައި ދިޔަ ނަމަވެސް ޕީޕީއެމް އިން ރައީސް ޔާމީން އާއި މެދު އެފަދަ ގޮތަކަށް ކަން ނުކުރާނެކަން އާދަމް ޝަރީފްގެ މި ޓުވީޓުން ދޭހަވެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެ ޓުވީޓުކުރައްވާފައިވާއިރު، އެމްޑީޕީގެ މި ރިޔާސީ ޕްރައިމަރީގައި ޕީޕީއެމުން ރައީސް ނަޝީދު ހޮވަން މަސައްކަތްކުރައްވާކަމުގެ ވާހަކަތަކެއްވެސް ދެކެވިގެން ދިޔައެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވާ ގޮތުގައިވެސް އިދިކޮޅަށް ރިޔާސީ އިންތިހާބުގައި ކިރިޔާވެސް އުންމީދެއް އޮތީ އެމްޑީޕީގެ ޕްރައިމެރީއަށް ވަދެގެންނެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް އެ ފުރުސަތު ގެއްލުވާލައި އިދިކޮޅުގެ އުންމީދުތަކަށް ކުރިއެރުން ލިބިދާނެކަމަށް އެބޭފުޅުން ގަބޫލު ކުރާކަމަށެވެ. މިހާރު މި އިންތިހާބު ރައީސް ސާލިހު ކާމިޔާބު ކުރައްވާފައިވާއިރު، އޭރު އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ފާހަގަކުރި ގޮތުގައި މި ނަތީޖާއާއިމެދު ޕީޕީއެމްގެ މެންބަރުންވެސް ކަންބޮޑުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: