ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއޭއިން އެމްޑީޕީއާއިއެކު ކޯލިޝަން ހަދަން ނިންމުން: ރައީސް ވިދާޅުވީ މަސައްކަތްކުރަނީ ރާއްޖެކުރިއަށް ގެންދިޔުމަށްކަމަށް!

ޓޫރިޒަމް ގޯލްޑަން އިޔަރ ގާލާ އިވްނިންގައި ރައީސް ސާލިހު، ސިޔާމް އާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން މަސައްކަތްކުރަނީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި ތަރައްގިއާއި ކުރިއެރުމަށް، އެ ޕާޓީއިން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިއުމަށްކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިފަދައިން ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާއި ގުޅިގެން ކުރިއަށް ދިއުމަށް މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމާފައިވާތީ އެ ނިންމުމަށް މަރުހަބާ ދެންނަވާ ކުރެއްވި ޓުވީޓުގައެވެ.

އެމަނިކުފާނުގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެމަނިކުފާނާއި، އެމްޑީޕީއިން މަސައްކަތްކުރައްވަނީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި ތަރައްގީއާއި އަދި ކުރިއެރުމަށް ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިއުމަށްކަމަށެވެ.

އެމްޑީ÷ިގެ ގައުމީ މަޖިލީހުން ރައީސް ސާލިހަށް ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްގެންދިއުމުގެ ބާރު ދިނުމާއިއެކު ރައީސް ސާލިހު ވަނީ މިހާރުވެސް އެމްޑީޕީގެ ކޯލިޝަންގައި ތިބި ޕާޓީތަކުގެ އިތުރުން އެމްޑީއޭއަށްވެސް ކޯލިޝަންގެ ދައުވަތު ދެއްވާ ސިޓީއެއް ފޮނުވާފައެވެ. އެންމެ ފުރަތަމަ އެ ދައުވަތާއިމެދު ގޮތެއް ނިންމާ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ގުޅުމަށް ނިންމީ މިހާރުވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއިންނެވެ.

އެއަށްފަހު އެމްޑީއޭއިން ރައިސް ސާލިހާއި ގުޅުމަށް ނިންމާފައިވާއިރު، އެ ޕާޓީއިން ބުނެފައިވަނީ އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދުގެ ވިސްނުންފުޅުގައި ރައީސް އަކަށް ދެވަނަ ދައުރެއް ދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށާއި، އެ ނިންމުން ނިންމިފައިވަނީ ދިވެހި ރައްޔިތުންނަށް ހެޔޮ މަންފާތަށް ލިއްބައިދީ ދިވެހިރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމު ކުރުމުގެ ގޮތުންކަމަށެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުންވެސް އެމްޑީއޭއަށް ކޯލިޝަން ހެދުމަށް ދައުވަތު އަރުވާފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: