ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު މަސައްކަތްކުރަމުންދަނީ އެމްޑީޕީއަށް ވެރިކަމާއި ބޮޑު ޕާޓީގެ މަގާމުވެސް ގެއްލުވާލުމަށް: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ވެރިކަމާއި އެންމެ ބޮޑު ޕާޓީގެ މަގާމު ގެއްލުވާލުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވަމުންދާކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހާއިއެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ މަނިކުފާނާއި ތާއީދުކުރައްވާ ފަރާތްތައް ޖުމްހޫރީ ޕާޓީއާއިއެކު ކޯލިޝަންއެއް ހެއްދެވުމަށް މަސައްކަތްކުރަމުންދާކަމުގެ އިޝާރާތްތަކެއް ފެނިގޮސްފައިވެއެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބޮޑެތި މައްސަލަތަކާއިމެދު ނުރުހުންވެވަޑައިގަންނަވާކަން ޝަރީފް ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ”ފިކުރެއްގެ ދިރުން“ އިން މަސައްކަތްކުރަމުންދަނީ ހާލަކަށް ހުށައެޅުނަސް ހެޔޮކަމަށް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ފެކްޝަނުން މަސައްކަތްކުރަމުންދަނީ އެމްޑިޕީއަށް ވެރިކަން ގެއްލުވާލުމަށާއި އެންމެ ބޮޑު ޕާޓީގެ މަގާމުވެސް ގެއްލުވާލުމަށް ކަމަށެެވެ.

ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު ބޭނުންވެވަޑައިގަންނަވާ ކަންކަން ހާސިލު ކުރެއްވުމަށްޓަކައި އެމަނިކުފާނުގެ ފެކްޝަނުން ތިބީ ކޮންމެ ފަދަ ކަމެއްވެސް ކުރުމަށް ތައްޔާރުގައިކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން ”ފިކުރެއްގެ ދިރުން“ އިން ދަނީ އެމްޑީޕީއަށް ވެރިކަން ގެއްލުވާލުމުގެ މަސައްކަތްތައް ވަރަށް ބުރަކޮށް ކުރަމުންކަމަށެވެ. އެހެންނަމަވެސް އެ ފެކްޝަނަށް ވެރިކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށާއި، މަސައްކަތްކުރަމުންދަނީ އިސްކޮށް ތިއްބެވި ބޭފުޅުންނަށް ބާރު ހޯދުމަށް ކަމަށާއި، އެ ބޭފުޅުން މަސައްކަތްކުރަމުންދަނީ ބާރާއި މުއްސަނދިކަން ކޮންމެ ހާލަތެއްގައިވެސް ބޭނުންވެވަޑައިގަންނަވާ ބަޔަކާއިއެކުކަމަށް އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޕާޓީ ބޮޑުވެގެން ވީ ފައިދާއެއް ނެތް! ކަރަޕްޝަން ޢާއްމު، މާރާމާރީ ޢާއްމު، ނުދަރާ ރަޢިއްޔަތަކު ނެތް، ހުރިހާ ވަޒީފާއެއްގަ ބިދޭސީން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: