ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތަކުގެ މުވައްޒަފުންނާއި އިސް މީހުންގެ މިސްރާބު ސަރުކާރުގެ ވެރިންނަށް ބުރަ ވާން ނުޖެހޭ: ނަޝީދު

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު: ފޮޓޯ / މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި ވެރިންނަކީ ސިޔާސީ ބައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުންފުނިތަކުގެ ވެރިން މެންޑޭޓުގެ ދަށުން މަސައްކަތް ކުރުމުގެ ބަދަލުގައި ސިޔާސީ މަސައްކަތް ކުރުން ގޯސްކަން ފާހަގަކޮށް މީގެ ކުރިން ވެސް ރައީސް ނަޝީދު ކަންބޮޑުވުންފާޅު ކުރެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި ހުންނަވައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމުތަކަށް ނުވަތަ މަސައްކަތްތަކަށް މީހުން އައްޔަނުކޮށްފައި ތިބެނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ނޫން ކަމަށެވެ.

އެހެންކަމުން އެފަދަ މުވައްޒަފުންނަކީ އެއީ ސިޔާސީ ބައެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީއިރު، ދާދިފަހުން އެމަނިކުފަނު ފެކްޝަނުގައި ހިމެނިވަޑައިގްނަވާ ހުސެއިން އަމްރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަނީ ވަކިކޮށްފަ އެވެ.

ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުގެ ކުންފުނިތަކުން ހަރަދު ކުރާކަމަށް ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް ވުރެ އިތުރަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރަ ޕޭރޯލްގައި ފައިސާ ހުންނަން ޖެހޭ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި ހަމަޖައްސަން ނަގާފައި ހުންނަ ލޯނުތައް އަނބުރާ ދެއްކުމަށް ސަރުކާރުން ރައްޔިތުންގެ ފައިސާއިން ހަރަދު ކުރާ މިންވަރު ވެސް އިންތިހާއަށް ބޮޑުވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

”އެނގިވަޑައިގަންނަވާނެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމުތަކަށް ނުވަތަ މަސައްކަތްތަކަށް މީހުން އައްޔަންކުރަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށަކުން ނޫން… އެއީ ސިޔާސީ މުވައްޒަފުންނެއް ނޫން..“

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ކުންފުނިތަކުގެ ދަރަނި ދެއްކުމަށާއި އާމްދަނީއާއި ހަރަދުތައް ހަމަޖެއްސުމަށް ދައުލަތުން ބޮޑެތި ހޭދަތައް ކުރަމުންދާ ކަމަށެވެ. އަދި މި ހަރަދުތައް ގިނަ ފަހަރަށް އަސާސީ އެހެން ކަންކަމަށް ކުރާ ހަރަދައް ވުރެ ބޮޑުތަނުން އިތުރުވެގެންދާކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި، ކުންފުނިތަކުގެ ތެރޭގައި އުފެދިފައިވާ ހިޔާނާތްތަކަށް ސަމާލުކަން ނުދޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ފާޑުކިއުންތައް އަމާޒު ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެއީ ރައްޔިތުން އެމްޑީޕީއަށް ވޯޓު ދޭން ބޭނުންވާނެ ސަބަބުތަކެއް ނޫންކަމަށާއި ރައީސް ސޯލިހަކީ 2023 އަށް ޕާޓީގެ ޗޮއިސްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: