ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ހާލުގައި ޖެއްސި ބައެއްގެ ފަހަތަށް އަރަން ޕީޕީއެމްގެ މެމްބަރުން ނޭދޭ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ އާންމު މެމްބަރުން ދިވެހިރާއްޖެ ހާލުގައި ޖެއްސި ބައެއްގެ ފަހަތަށް އެރުމަށް ނޭދޭކަމަށް ޕީއެންސީގެ ނައިބު ރައީސް ހުޅުމާލެ ދާއިރާގެ ކައުންސިލު މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް ޔާމީންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ކޯލިޝަން ހެއްދެވުމަށް ދައުވަތު ފޮނުއްވާފައިވާއިރު ޝުޖާއު ވަނީ އޭނާ ކޯލިޝަން ހެދުމުގެ ވިސްނުމާއި ދެކޮޅުކަން ހިއްސާކުރައްވާފައެވެ. ޝުޖާއު ވިދާޅުވީ، ރައީސް ޔާމީން އަދި އެމަނިކުފާނުގެ ބައިވެރިން ވޭތުވެދިޔަ ފަސް އަހަރު ހޭދަކުރައްވީ ލިބިވަޑައިގަންނަވަމުންދާ އަނިޔާތަކާއި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކަތައް ދެއްކެވުމުގައިކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިދާ ވާހަކައާއި ކޮވިޑް އިން ކުރި ވައްކަމާއި ރާއްޖޭގެ މަސްކަނޑު ވިއްކާލި ވާހަކަތައްވެސް ދެއްކެވިކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ރާއްޖެއަށް އެންމެހާ ކަންކަން ރާއްޖެއަށް ދިމާވި އިރު، ރައީސް ސާލިހު އަދި ތާއީދުކުރައްވާ ފަރާތްތައް އުޅުއްވީ މާލީ މަންފާތެއް ހާސިލުކުރެއްވުމުގެ މަސައްކަތްތަކުގައިކަމަށެވެ. އެގޮތުން ބަދަލު ހޯދުމުގެ މަސައްކަތްތައް ކުރަމުންދިޔަކަމަށާއި ފަޅު ފަޅު ހޯދުމުގައިވެސް އެއް ބަޔަކު މަސައްކަތްކުރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޝުޖާއު ވިޑާޅުވީ، އެ ވަގުތު މުޅި ގައުމުން ދިޔައީ “ހަނާވަނީ” ކަމަށް ބުނަމުންކަމަށެވެ. އޭނާ ވިދާޅުވީ، އެ އަޑުތައް އެއްސެވީ ރައީސް ޔާމީން އަދި އިދިކޮޅު ކޯލިޝަނުންކަމަށެވެ.

ކޯލިޝަން ހެދުމުގެ މައްޗަށް އަލިއަޅުއްވައި ޝުޖާއު ވިދާޅުވީ، މިއަދު ލީޑަރުންނަށް ވެރިކަން ހޯދުމުގެ ދަހިވެތިކަމުގައި ރައީސް ޔާމީން އަދި އިދިކޮޅު ކޯލިޝަން ފެންނަމުންދާކަމަށެވެ. އަދި އެ ބައެއްގެ ފަހަތަށް އެރުމަށްވެސް އެދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ޝުޖާއު ވިދާލުވީ، ރައީސް ޔާމީންގެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ރާއްޖޭގައި ތިބިކަމަށެވެ. އަދި އިދިކޮޅުގައިވެސް ފަސްދޮޅަސް ހާހަށްވުރެ ގިނަ މެމްބަރުންވެސް ތިބިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، އެ އެންމެހާ މެމްބަރުންގެ އެދުމާއި އާދޭހަކީ ގައުމު ހާލުގައި ޖެއްސި ލީޑަރުންގެ ފަހަތަށް ނޭރުމަށް ކަމަށެވެ. އެހެންކަމުން އިދިކޮޅުން އެ އެދުމާއި ދެކޮޅަށް މަސައްކަތް ނުކުރާނެކަމަަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ކިބައިން ރާއްޖެ ސަލާމަތްކުރުމަށް އެދޭނަމަ އެމަނިކުފާނު ނޫން އެހެނިހެން އެންމެހާ ސިޔާސީ ލީޑަރުން ރައީސް ޔާމީން އާއިއެކު ކުރިއަށް ދިއުމަށް ވަޑައިގަތުމަށް ޝުޖާއު ދައުވަތު އެރުއްވިއެވެ. ޝުޖާއު ވިދާޅުވީ ޕާޓީގެ ހުރިހާ ދޮރުތަކެއް ހުޅުވިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: