ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ އާ އެމްޑީއަކަށް ސައީދު !

އެސްޓީއޯގެ އާ އެމްޑީ އަބްދުﷲ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، (އެސްޓީއޯ) ގެ އާ މެނޭޖިންގ ޑައިރެކްޓަރު ކަމަށް މއ ކޮށީގެ އަބްދުﷲ ސައީދު ހަމަޖައްސައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެސްޓީއޯގެ އެމްޑީގެ މަގާމަށް ސައީދު އައްޔަންކޮށްފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި މޮނިޓަރ ކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

އަބްދުﷲ ސައީދު މީގެ ކުރިން އަދާ ކުރެއްވި މަގާމް ތަކުގެ ތެރޭގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލިމިޓެޑްގެ އެމްޑީ ކަމާއި، ގްލޯބަލް ޓްރޭޑިންގ (ސިންގަޕޯރ) ގެ މެނޭޖަރުކަމާއި ބިޒްނަސް ޑިވޮލަޕްމަންޓް ޑައިރެކްޓަރު ކަމުގެ މަގާމު އަދާކުރައްވާފައިވެއެވެ. އަދި  މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީގެ ޗެއަރމަން ކަމާއި ސީއީއޯ ކަމުގެ އިތުރުން އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން ކަމާއި އެމްޑީކަން ވެސް  ސައީދު ވަނީ އަދާ ކުރައްވާފައެވެ.

ސައީދު، އެސްޓީއޯގެ އެމްޑީ ކަމަށް އައްޔަން ކޮށްފައިވަނީ މި އޭޕްރިލް މަހުގެ 04 ވަނަ ދުވަހުއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: