ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތުގެ 64 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައިކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
ގިރާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ. އަދި، ބޭރު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ 54 އިންސައްތަ ފުރިހަމަކުރެވިފައިކަމަށްވެސް ކުންފުނިން ބުނެފައިވެއެވެ.
އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަޙައްދަށް އެޅުމާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢަކީ 27.2 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީއިން ބުނެއެވެ.

