ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާވެރިކޮށް މަރާލާފައި އޮށްވާ ފެނުނު ނައީމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނުޖެހޭ ކަމަށް ކަނޑައަޅައި ވަޅުލައިފި

ނައީމާ މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުވެފައި އޮއްވާ ފެނުނު ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދަން ނިންމާ ހަށިގަނޑު އާއިލާއާ ހަވާލުކޮށް ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމީ ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތުމުން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މަނަދޫގައި ގެ އެއްގައި އެކަނި ދިރިއުޅެމުންދާ 62 އަހަރުގެ ނައީމާގެ ހަބަރެއް ނުވާކަމަށް ފުލުހުންނަށް ރިޕޯޓު ކުރީ އޭޕްރިލް 7 ވަނަ ދުވަހު އިރުއޮއްސުނު ވަގުތުކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އެ އަންހެން މީހާގެ އާއިލާއިންނެވެ.

ރިޕޯޓު ލިބުމުން ފުލުހުން އޭނަ ދިރިއުޅޭ ގެއަށް ގޮސް އެގޭ ކޮތަރި ދޮރު ވައްޓާލައި ކޮޓަރިއަށް ވަތް އިރު ކޮޓަރި ތެރޭ ބިންމަތީގައި ނައީމާ މަރުވެފައިވާ އޮއްވާ ވަނީ ފެނިފައެވެ.

ނައީމާގެ ހަށިގަނޑު ވަޅުލާފައިވާއިރު މި މައްސަލައާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޕޯސްޓުމޯޓަަމް ނުހަދަން ނިންމީ ހަދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ފޮރެންސިކް ޕެތޮލޮޖިސްޓުން ބުނުމުންނެވެ. ނައީމާގެ ހަށިގަނޑު ވަޅުލާފައި ވަނީ ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހުކަމަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނައީމާގެ މަރުގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް ރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފަ އެވެ. އަދި ރަށަށް ދާ މީހުން ވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައި ވެއެވެ.

މީގެއިތުރުން ނައީމާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: