ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނަދޫ އިން ރެންޑަމް ސާމްޕަލް ނަގަން ތައްޔާރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ޕޮޒިޓިވް ކޭސްއާއި ގުޅިގެން ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ކަށަވަރު ކުރުމަށްޓަކައި ނ. މަނަދޫގައި ރެންޑަމް ސާމްޕަލް ނަގަން ތައްޔާރު ވެއްޖެއެވެ.

ނ. އަތޮޅު ހޮސްޕިޓަލް އިން ބުނެފައިވާ ގޮތުގައި ރެންޑަމްކޮށް ނެގުމައް ހަމަޖެހިފައިވަނީ50 ސާމްޕަލްއެވެ.

އަދި ސާމްޕަލް ނެގުމުގެ މަސައްކަތައް ރަށުގެ ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މަނަދޫ އިން ޕޮޒިޓިވް ވެފައިވަނީ މާލެއިން އެ ރަށަށް ހޯމް ކަަރަންޓީނަށް ފޮނުވި ދިވެހި ފިރިހެނެކެވެ.އެހެން ނަމަވެސް އޭނާގެ ނަތީޖާ ހަވާލުކުރަން ބެލިއިރު، ކަރަންޓީންގެ ގަަވައިދާ ހިލާފައް އޭނާ ހުރީ ދޯންޏެއްގައި މަހަށް ނުކުމެއެވެ. އަދި އޭނާ ވަނީ ހުކުރު ނަމާދަށާއި އެ ރަށުގެ އެހެން ބައެއް ތަންތަނަށް ވެސް ގޮސްފައިކައް ދަނީ އަޑުތައް ފެތުރެމުންނެވެ.

އެނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 26 މީހަކު މަނަދޫ އިން ކަރަންޓީނުކޮށްފައިވާއިރު، މަނަދޫ މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: