ހދ ކުމުންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލްކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކުމުންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި މަޝްރޫއުގައި ރަށުގެ އިރުމަތި ފަރާތުގައި މިހާރު ހުރި 154 މީޓަރު ވާޓަރު މަރާތުކޮށް 154 މީޓަރު ޕޭވްމަންޓް މަރާމާތުކުރުމާއި ކޮޅުވެއްޓި ބޭނުން ކުރުމަށް ރޭމްޕެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 100 ފޫޓް ޓީ ޖެޓީއަކާއި ރަށުގެ އުތުރު ފަރާތަށް 700 ފޫޓަށް ވާޓަރު އިތުރުކޮށް ބަނދަރު ބޮޑުކޮށް 290 މީޓަރު ބޮޑު ހިލަ ބޭރުތޮށިލައި 40 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 60 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މަގު ބައްތި އާއި ބަނދަރު ބައްތި ހަރުކޮށް 120 މީޓަރު ކޮންކްރީޓް ޖެޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ 71.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

