ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކް ކޮތަޅުން ފީކުޑަ ކުރަން ސަރުކާރުން މިހާތަނަށް މަޖިލީހަށް ހުށަހަޅާފައެއް ނުވޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލާސްޓިކް ކޮތަޅުން ނަގަމުންދާ ފީ ކުޑަކުުރުމަށް ސަރުކާރުން މިހާތަނަށް މަޖިލީހަށް ހުށަހަޅާފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގައި ދިވެހިރާއްޖެއަށް ކުނި އެތެރެކުރުމާ ގުޅޭގޮތުން ބަޔާންކުރާ އުސޫލުތައް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތް ކުރުމުގެ ގޮތުން ދިވެހި ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއްކަމަށް ކަނޑައެޅުމާއި ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމުގެ ގޮތުން، ގާނޫނު ތަންފީޒްކުރާ އިދާރާތައް ކަމަށްވާ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އިން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކުރުމަށް ގެންނަންޖެހޭ އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުންޏާއިބެހޭ ބިލުގައި މިއަދު  މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހަކީ ކޮތަޅުން ނަގާ ފީއާއި ބެހޭ އިސްލާހެއް ނޫން ކަމަށާއި ނަމަވެސް މެމްބަރުންނަށް އެ އިސްލާހަކީ ފީނެގުމާއި ބެހޭ ގޮތުން ހުށަހެޅުނު އިސްލާހެއް ކަމަށް ހީވެފައިވާ ކަމަށެވެ.

ބިލުގެ 32 ވަނަ މާއްދާގައި އެބަވޭ މަޖިލީހުގެ ކޮމެޓީން ނުކުތާއެއް މަދުކޮށްފައި. ފުރަތަމަ މި ގާނޫނު ހުށަހެޅުނު އިރު އޮތް ގޮތާއި އަޅާބަލާއިރު. އެ 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އިސްތިސްނާ ނުވާ ގޮތަށް ނިންމުމުގެ މައިގަނޑު ސަބަބުތައް ކޮމިޓީން އެބައޮތް ވަރަށް ސާފުކޮށް ކިޔައިދެއްވާފައި ގޮސް 15 ސަބަބު.

ރައީސް ނަޝީދު ވަނީ އެ ސަބަބުތައް ބަޔާންކޮށްދެއްވާފައެވެ.

މިކަން ކުރި ސަބަބުތައް. ޕްލާސްޓިކް ކޮތަޅު ބޭނުންވާ މިންވަރު ކުޑަކޮށްވެސް މަދުވުމުގެ ބަދަލުގައި ކޮތަޅު ބޮނޑި ގަންނަ ފަރާތްތައް އިތުރުވެ ޕްލާސްޓިކް ކޮތަޅު އިންތިހާއަށް މުޖުތަމައު އަށް އިތުރުވެގެން ހިނގައިދާނެ ކަމުން. އެއީ އެއްވަނަ ނުކުތާ.

2 – ކޮތަޅުން ނަގަންޖެހޭ ފީއަކީ ކޮތަޅު ބޭނުންކުރާ ހަމަކޮންމެ ފަރާތަކުންވެސް ދައްކަންޖެހޭނެ އެއްޗެއް ކަމަށްވާއިރު، 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ގަންނަ ނަމަ ފީނެގުން އިސްތިސްނާކޮށްފިނަމަ، ގަނޑުކޮށް ކޮތަޅު ގަންނާނީ ވިޔަފާރިވެރިން ކަމަށްވާއިރު، ޕްލާސްޓިކް ކޮތަޅު ނޫންގޮތެއް ހޯދުމަށް ވިޔަފާރިތަކަށް ބާރުއެޅިގެން ނުދާނެތީ އާއި، ޕްލާސްޓިކް ނޫން ބާވަތްތަކުގެ ކޮތަޅަށް ބަދަލުވުމަށް ކޮމެޓީއަށް ގަބޫލު ނުކުރެވޭތީއެވެ.

3- އޭގެ ސަބަބުން ވިޔަފާރިވެރިންގެ ފިހާރަތަކުން ޕްލާސްޓިކް ކޮތަޅުލިބޭ ލިބުން ކުޑަކޮށްވެސް ދަށްނުވާނެތީ އާއި، ޕްލާސްޓިކް ކޮތަޅު މަދުކުރުމުގައި ވިޔަފާރިވެރިންގެ ޒިންމާ އެއްކޮށް ކެނޑިގެންދާނެތީއެވެ.

4- 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި، އިސްތިސްނާކޮށްފިނަމަ ޕްލާސްޓިކް ކޮތަޅުގެ ބްލެކް މާކެޓަަކަށް ދޮރު ހުޅުވިގެން ދާނެތީއެވެ.

5- އާހިރުގައި ކޮތަޅުން ނަގާ ފީއަކީ ހަމައެކަނި ވަކިވަކި ކޮތަޅު ގަންނަ ކަސްޓަމަރުންގެ އަތުން ނެގިގެންދާނެ ފީއެއް ކަމަށް ވާނެތީ އެފީ އަކީ ހަމައެކަނި ކަސްޓަމަރު އަތުން ނެގެންޖެހޭނެ ފީއެއްކަމަށް ކޮމިޓީއަށް ގަބޫލު ނުކުރެވޭނެތީއެވެ.

6- ކޮތަޅުބޮނޑި ގަންނަ ފަރާތްތައްވެސް އަދި ވަކި ކޮތަޅު ބޭނުންކުރާ ފަރާތްތައްވެސް  އެފީ ދައްކަން ޖެހޭގޮތަށް އޮތުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ކޮމިޓީއަށް ގަބޫލު ނުކުރެވޭތީއެވެ.

7- ޖުމްލަގޮތެއްގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އިސްތިސްނާކުރުން ވެގެންދާނީ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތާއި މުޅި ގާނޫނުގެ މަގްސަދާއި ފުށުއަރާ އަދި ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލްކުރުމަށް އެޅިދާނެ ހުރަހެއްކަމުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުމާއި ބެހޭ ގާނޫނު އިސްލާހު ކޮށްފައިވަނީ އެއްވެސްކަމެއް އޮޅިގެން ނޫންކަމަށެވެ.

މިގޮތަށް މިކަން ކުރައްވާފައި، ދެން ކޮމެޓީއިން އުނިކުރި އުނިކުރުމާ ގުޅޭގޮތުން، އެއީ މިދަންނަވާ 50 ކޮތަޅުގެ 32 ވަނަ މާއްދާއިން އެއިން އިސްތިސްނާކޮށްފައި އަނެއްކާވެސް ކުނި މެނޭޖްކުރުމުގެ ބިލް ދިރާސާކޮށް ކޮމެޓީން ބިލަށް ގެންނެވި ބަދަލުތަކާ ގުޅޭގޮތުން، ކޮމެންޓް ހުށަހަޅަން ފޮނުވާފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ. ނަމަވެސް މީގެ އެއްވެސް ފަރާތަކުން ދެއްވާފައިވާ އެއްވެސް ކޮމެންޓެއްގައި 32 ވަނަ މާއްދާގައި މިދެންނެވި 50 ކޮތަޅުގެ އިސްތިސްނާއަށް ނެތްކަން ސާފުކޮށް އެނގިވަޑައިގަންނަވާ އިރުވެސް އެއްޗެއް ވިދާޅުވެފައެއް ނުވޭ.

ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާގައި ކޮތަޅުން ފީކުޑަ ކުރުމަށް ހުށަހަޅާފައިނުވާ ކަމަށެވެ.

މިއަދު އަޅުގަނޑުމެން ޗުއްޓީއަށް ދިއުމުގެ ކުރީގައި، ރިސެސްއަށް މަޖިލިސް ދިއުމުގެ ކުރީގައި ނިންމުމަށް ވަރަށް ހަރުއަޑުން ވިދާޅުވަމުންދާ އަޑު އަަޅުގަނޑަށްވެސް އެބަ އިވޭ. އެހެންނަމަވެސް ފުރަތަމަ ކަމަކަށް ހުށަހެޅިފައެއްވެސް ނެތް ތިވިދާޅުވި މައްސަލައެއް. މިހާތަނަށް ހުށަހެޅިފައިވަނީވެސް މުޅިން އެހެން މައްސަލައެއް. އެހެންވީމަ ހަގީގަތުގައި މިތަނުގެ އުސޫލަށް ބަލާއިރުގައި 32 ވަނަ މާއްދާގައި 50 ކޮތަޅުގެ އިސްތިސްނާ ގެނައުން. މިއަދު މި ހުށަހެޅިފައި އޮތް މައްސަލަ އަކު  ނުވެސް ހިމެނޭ.

ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިދެއްވީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު އެވެ.

ރާޝިދު ހުށަހެޅި ބިލުގައި ވާ ގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޒިންމާތަކުގެ ބާރުތަކުގެ ތެރެއަށް ކުނިމެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރާނެ ސަރަހައްދުތައް ކަނޑައަޅައި ތިމާވެށީގެ ގޮތުން ސަރަހައްދުތައް ކަނޑައެޅުމުގައި ދިމާވެދާނެ މައްސަލަތައް އެކުލަވާލައި އެކަންކަން ބަޔާންކުރުން ހިމެނިގެންވެއެވެ.

ކުނި މެނޭޖްކުރުމުގެ ކަންކަން ރަށާއި ސިޓީފެންވަރުގައި އިންތިޒާމްކޮށް ހިންގާނެ ގޮތުގެ ހަމަތަކާއި އުސޫލުތައް ބަޔާންކުރާ ގައިޑްލައިނެއް އެ ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެތެރޭގައި ހަދަންޖެހޭނެ ކަމަށް އޮތް އޮތުން އެއް އަހަރު ދުވަހަށް ބަދަލު ކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: