ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮމުގެހަމަލާގެ މޭސްތިރިޔާގެ އަދަބާއި ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާކުރުމަށް ރައީސް ސާލިހްގެ ކިބައިން ރައީސް ނަޝީދު އެދިއްޖެ!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

06 މެއި ހަމަލާގައި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ މޭސްތިރިންގެ ތެރޭގައި ހިމެނޭ އަލިމަނިކުގެ އަދަބު ލުއިކޮށްދީފައިވާ ގޮތުގެ މައުލޫމާތު މަޖިލީހާ ހިއްސާކޮށްދިނުމަށް ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.

ރައީސް ނަޝީދު އެކަމަށް އެދިވަޑައިގަތީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެ މައްސަލަ ބެލުމަށް އެދި އެމަނިކުފާނަށް ފޮނުއްވި ސިޓީ އަކާއި ގުޅިގެންނެވެ.

ހަސަން ލަތީފް، ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައިވަނީ 06 މެއި ގައި އެމަނިކުފާނަށް ކުރިމަތިވި ބޮމުގެ ހަމަލާގައި ހިމެނޭކަމަށް ދައުލަތުން ތުހުމަތުކުރާ ފަރާތެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދީ މައާފްދީ ދޫކޮށްލައްވާފައި ކަމަށެވެ. އަދި އޭނާ ދޫކޮށްލި ސަބަބު އޮޅުންފިލުވުމަށް 241 ކޮމިޓީ އިން ދެ ފަހަރެއްގެ މަތިން ރައީސް އޮފީހަށް އަންގާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެކަމުގައި އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.

އިއްޒަތްތެރި މެމްބަރު ފާހަގަ ކުރައްވާ، މީހުންގެ އަދަބު ލުއިކޮށްދެނީ އޭނާ މީހުންގެ އަހްލާގީ ރިޕޯޓް ތައްޔާރުކޮށްފައި އެމައްޗަށް ޑައިރެކްޓަރ އޮފް ޕްރޒަންސް ބެއްލެވުމަށްފަހު. މި ކަންބޮޑުވެލައްވާ މީހާ ޖަލުން ދޫކޮށްލެއްވީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 19 ގައި. އެހެން ނަމަވެސް މެމްބަރު ފާހަގަކުރައްވާ ގޮތުގައި 01 ސެޕްޓެމްބަރު 2021 ގައި މީނާ (ދޫކޮށްލި މީހާ)ގެ އަހްލާގީ ރިޕޯޓް ވެސް ތައްޔާރުކޮށްފައި މިވަނީ. އެހެންވީމާ އިތުރަށް ޝައްކު އުފެދޭ އެތައްކަމެއް ހުރުމާއެކީގައި މެމްބަރު އެދިވަޑައިގެންފައިއޮތީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުން މީގެ މައުލޫމާތު ލިބޭތޯ ދަންނަވައި ދިނުމަށް.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހްގެ އަރިހުގައި 6 މެއިގެ ބޮމުގެ ހަމަލާގެ މައުލޫމާތު ދެއްވުމަށް ދެންނެވޭނެ ގޮތަކީ މަޖިލިސް މެދުވެރިކޮށް ކަމަށާއި އެކަން އެމަނިކުފާނު ގެންދަވަނީ ކުރައްވަމުން ކަމަށެވެ.

ރައީސް ނަޝީދު ގެކޮޅުން ނިކުމެވަޑައިގެން ކާރަށް އަރުއްވަނިކޮށް މެއި 6، 2021 ގައި ބޮމެއް ގޮއްވާލާ، އެމަނިކުފާނު އަވަހާރަކޮށްލަން ދިން އެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތު ކުރަނީ އަލިމަނިކާއި ތަސްލީމުގެ މައްޗަށެވެ.

އެހެން ނަމަވެސް ދައުލަތުން އެ ދެ މީހުންގެ މައްޗަށް އުފުލީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވާ ގޮތުގައި ހެކި ލިބެމުންދާ ވަރަކަށް އިތުރު ދައުވާތައް އަދި އުފުލާނެ ކަމަށެވެ.

މީގެ ކުރިން ޝަރީއަތަށް ވަނީ އަލި މަނިކާއި ތަސްލީމުގެ މައްޗަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރުމުގައި އުޅުނު އޮފިސަރުންގެ ހެކިބަސް ނަގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: