ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ކަމެއް ބޭނުންވިޔަސް އެކަމެއް އަވަސް އަރުވާލައިގެން ކުރާނެކަމަށް އެއްވެސް މެމްބަރަކު ދެކިގެން ނުވާނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކަމެއް ބޭނުންވުމުން އެކަމެއް އަވަހަށް ކުރަން ޖެހިވަޑައިގެން އެކަމެއް ކުރައްވާނެކަމަށް އެއްވެސް މެމްބަރަކު ދެކިވަޑައިނުގަތުމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާ ކުރުކޮށްލެއްވުމަށް ވިސްނާވަޑައިގަންނަވާފައިވާކަން ހާމަކުރެއްވުމާއި އެކު އިދިކޮޅުގެ މެމްބަރެއްކަމަށްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގުވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ. ތާރިގު ވާހަކަދައްކަވަމުންދަނިކޮށް ރައީސް ނަޝީދުވަނީ އޭނާގެ ވާހަކަތަކަށް ހުރަސް އަޅުއްވައި ދައްކަވަމުންދާ ވާހަކަތައް ފަހުމްވެފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް މެމްބަރުން އެދިވަޑައިގަންނަވާ ނަމަ އެމަނިކުފާނަށް ޖެހިވަޑައިގަންނަވާނީ ބަހުސް ކުރިއަށް ގެންދިއުމަށްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެކަމަށް އެމަނިކުފާނު އިންކާރު ނުކުރައްވާކަމަށެވެ. އެހެންނަމަވެސް އުންމީދު ކުރައްވައިގެން ހުންނެވީ މަޖިލީހުގައިވާ ނުނިމި ހުރި މަސައްކަތްތައް ނިންމާލެއްވުމަށްކަމަށް ރައީސް ނަޝީދު އިޝާރާތްކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ކޮންމެ މަސައްކަތަކީވެސް ބަހުސް ކުރެވިފައިވާ މަސައްކަތްތައްކަމަށެވެ. އަދި އެ މަސައްކަތްތަކަށް ބަހުސް ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ގިނަ ސިޔާސީ ޕާޓީތަކަށް ހަމަވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީސް ޗުއްޓީއަށް ދިއުމަށް ކަނޑައެޅިފައިވާއިރު، މަސައްކަތްތައް ކޮމިޓީތަކަށް ފޮނުވާފައިވާނަމަ މަޖިލިސް އަލުން ފެށިގެން އަންނަ އިރު، އެކަންކަމަށް ގޮތް ނިންމުމަށް ފުރުސަތު ފަހިވެފައިވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުންދަނީ އެ އުންމީދާއި ތަސައްވަރުގައިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ކަމެއް ބޭނުންވުމުން އެކަމެއް އަވަށް ކުރަންޖެހިވަޑައިގެން އެމަނިކުފާނު އެކަމެއް ކުރައްވާނެކަމަށް އެއްވެސް މެމްބަރަކު ދެކިވަޑައިގެން ނުވާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެއީ އެކަމެއް ހިނގާނެ ގޮތް ނޫންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، މެމްބަރުންގެ ކަންބޮޑުވުންތައް ހުރިކަމަށް ހިއްސާ ކުރައްވަމުންދާ ކުނި މެނޭޖުކުރުމުގެ ބިލު ފަދަ ބައެއް ބިލުތަކުގެ ވާހަކަތައް ދައްކަވާއިރު، ޓްވިޓާރގައި އެ ވާހަކަތައް ހިއްސާކުރެއްވުމުން ލިބިވަޑައިގަންނަވާ ”ރީ ޓްވީޓް“ ތަކުގެ ވާހަކަތައް ފާހަގަކުރައްވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ”ރީ ޓްވީޓް“ ތަކާއި ރައްޔިތުންގެ ކަންބޮޑުވުމާއި އެއް ފަދަ ކުރައްވަމުންދާކަމަށެވެ. އެހެންނަމަވެސް ހަގީގަތުގައި ރައްޔިތުން ކަންބޮޑުވާކަމަށް ފާހަގަކުރެއްވެނީ ފަރުތަކާއި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއިމެދުކަމަށާއި ސިއްހަތާއިމެދުވެސް ކަންބޮޑުވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެކަންކަން ދިމާވަމުންދަނީ ކޮތަޅުގެ ސަބަބުންކަމަށް ސައިންސްވެރިން ފާހަގަކުރައްވާކަމަށެވެ. އެހެންކަމުން ކުނި މެނޭޖު ކުރުމުގެ މައްސަލައަކީ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަންޖެހޭ ބަހުސްއެއްގެ ގޮތުގައި އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެއީ ފުންކޮށް ވިސްނާވަޑައިގަންނަވަން ޖެހޭ ބާވަތުގެ ކަމެއްކަމަށެވެ. އަދި އެ މައްސަލަ އިރާދަކުރެއްވިއްޔާ ޖަލްސާ ނިމިގެންދާއިރު، ކޮމިޓީއަށް ފޮނުއްވާދެއްވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ މެމްބަރުން ހާޒިރުވެ ތިއްބާ ޖަލްސާ ކުރުކޮށްލައްވައި ނިންމަވާލެއްވުމަށް ގަސްތު ނުކުރައްވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ޖަލްސާ ނިންމަވާލައްވާއިރު، ކުޅިވަރާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ވޯޓު ނެގޭ ވަރުވެގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: