ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ހިއްސާއަކަށް 77 ރުފިޔާ ބަަހަން ނިންމައިފި

އެސްޓީއޯ ހެޑް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހިއްސާގެ ފައިދާއަށް ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް ކަމަށެވެ. އަދި އެނިންމުމަށް އަމަލުކުރެވޭނީ ކުންފުނިން އެންމެ އަވަހަށް ބާއްވާ އަހަރީ އާއްމު ޖަލްސާގައި އެގޮތަށް ފާސްކޮށްގެން ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯގެ ވިޔަފާރި ފުޅާވަމުން އަންނައިރު ފާއިތުވި ފަސް އަހަރަށް ބަލާއިރު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ލިބޭ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން އެސްޓީއޯ އިން ވަނީ ހިއްސާދާރުންގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 65 ރުފިޔާ ބަހާފައެވެ. އަދި އެ އަދަދަކީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ފައިދާ އަށް އިތުރުވި 12 ރުފިޔާގެ ކުރިއެރުމެކެވެ.

އެސްޓީއޯ އިން ބުނީ މިދިޔަ އަހަރު އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: