ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ލަގަނާ ބާޖް ކޮމިޝަންކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ އިން ތެޔޮ ސަޕްލައިކުރުމަށް ގެނެވުނު ލަގަނާ ބާޖް ކޮމިޝަންކޮށްފިއެވެ.

ލަގަނާ ބާޖަކީ ރާއްޖޭގައި ފުރަތަމަފަހަރަށް ބޭނުން ކުރަން ފެށޭ ޑެޑިކޭޓެޑް ޖެޓް ފިއުލް ބާރޖް އެކެވެ.

މިއީ އެސް.ޓީ.އޯ އާއޮ އައިލެންޑް އޭވިއޭޝަން ސާރވިސަސް އާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން މާފަރު އެއާރޕޯޓައް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ސަޕްލައި ކުރުމަށް ހާއްސަކިރެވިގެން ކޮމިޝަން ކުރެވުނު ބާޖެކެވެ.

މި ބާރޖް ތައްޔާރު ކުރެވުނީ ރާއްޖޭގެ އަތޮޅުތަކަށް އޭވިއޭޝަން ފިއުލް ރައްކާތެރި ކަމާއިއެކު ގެންދިއުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ. އަދި މިއީ އޭވިއޭޝަން ފިއުލް ކޮލިޓީގެ ޝަރުތުތައް ފުރިހަމަވާ އުޅަނދެކެވެ. މިބާޖަކީ ކަމާބެހޭ ކޮލިޓީ އެޝުއަރެންސް ކޯޑްތަކުގައިވާ ގޮތުގެމަތިން އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާއެކު ކޮމިޝަންކޮށްފައިވާ އުޅަނދެކެވެ. މިކަމަކީވެސް ރާއްޖޭގައި ފުރަތަމަފަހަރަށް ކުރެވުނުކަމެކެވެ. މި ބާޖުގައި 200 ކިއުބިކް މީޓަރުގެ ޖާގަ ހުންނައިރު، ޒަމާނީ މިނެކިރުމުގެ އާލާތްތައް ބެހެއްޓިފައި ހުންނާނެ ކަމަށް ކުންފުނިން ބުނެއެވެ.

އައު ބާޖާއެކު އުޅަނދުގެ ކްރޫންނަށް ވަނީ އޭވިއޭޝަން ފިއުލް ހެންޑްލިންގެ ފީލްޑް ޓްރެއިނިންގެ އިތުރުން، ކަމާބެހޭ އޮޕަރޭޝަންސް މެނުއަލްތަކާއި ލިޔެކިޔުންތައް ފޯރުކޮށްދީފައެވެ.

މިއާއި އެކު އެސް.ޓީ.އޯ އިން ވަނީ އިންޑަސްޓްރީ ބެސްޓް ޕެރެކްޓިސް އާއި އެއްގޮތަށް ޖެޓް އޭ-1 ތެޔޮ ރިފައިނަރީ އިން ފެށިގެން ފްލައިޓް އާއި ހަމައަށް ޓްރޭސް ކުރެވޭނެ ކުއަލިޓީ އެޝުއަރެންސް ނިޒާމެއް ގާއިމު ކޮށްފެއެވެ. މި ގޮތުން ކޮންމެ ޓްރާންސްފާ ޕޮއިންޓެއްގައި ތެލުގެ ސާމްޕަލް ނަގައި އެސް.ޓީ.އޯ އިން މާލޭގައި ގާއިމުކުރި ލެބޯޓްރީ ގައި ޓެސްޓްކުރާނެއެވެ.

މި ބާޖް ތައްޔާރު ކޮށްފައިވަނީ ހަންސާކޮންސަލްޓް ޕްރޮޖެކްޓްސްގެ ކޮންސަލްޓެންސީއާ އެކުގައެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: