ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރ ދުވާފަރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ދުވާފަރު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން 19،794.44 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމްކުރުމާއި، 6،003.85 އަކަ މީޓަރުގެ ހިނގާ ސަރަަހައްދެއް ގާއިމްކުރުމާއި، ސަރވިސް ލައިން އެޅުމާއި މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި، ފެންހިންދާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

މިއީ ހައުސިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވައްސަަށް 20-40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

5،010 މީހުން ދިރިއުޅޭ ދުވާފަރަކީ އެއް އިރެއްގައި ފަޅު ރަށެއްގެ ގޮތުގައި އޮތް ރަށެއް ނަމަވެސް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރ. ކަނދޮޅުދޫއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ދުވާފަރަށް ހިޖުރަ ކުރަން ޖެހުނެވެ. މިކަން މިހެން އޮތްކަމުގައި ވީނަމަވެސް ކަނދޮޅުދޫ ރައްޔިތުން މިއަދު ވަނީ ދުވާފަރު އާރާސްތުކޮށް އެރަށަކީ އަމިއްލަ ތަނެއްގެ ގޮތުގައި ބަލައިގަނެފައެވެ.

ދުވާފަރުގެ ރަށްވެހިން އަދާކުރާ މައިގަނޑު މަސައްކަތަކީ ފަތުރުވެރިކަމާއި މަސްވެރިކަމެވެ. އެގޮތުން ގިނަ އަދަދެއްގެ ޒުވާނުން ރިސޯޓްތަކުގައި ވަޒީފާ އަދާކުރަމުންދާއިރު، ރަށުގައި ބޮޑު ކަންނެއްޏާއި ކަނޑުމަހުގެ މަސްވެރިކަން ކުރާ 6 އޮޑިފަހަރާއި، ހުއިފިލަނޑާ ނެގުމުގެ މަސައްކަތްކުރާ 4 ދޯންޏަކާއި، ފާނައިގެ މަސްވެރިކަން ކުރާ 12 ދޯންޏެއް އޮވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: