ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގައި ކުރިއަށްދަނީ ސިއްރުކަންކަމާ ކޮރަޕްޝަން: ވަހީދު

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގައި ކުރިއަށްދަނީ ސިއްރުކަންކަމާ ކޮރަޕްޝަން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ވަހީދު ވިދާޅުވީ އެމްޑީޕީން ހެޔޮވެރިކަން މާނަކުރީ ޑިމޮކްރަޓިކް ވެރިކަމެއް ހިންގުމަށް ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ފަސް އަހަރު ތެރޭގައި ޑިމޮކްރަޓިކް ވެރިކަމެއް މިނާނެ މައިގަނޑު ހުރިހާ ރޮނގަކުން ހެން ރާއްޖެ ސޮއްސާލަމުން ފަހަތަށްދާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ސަރުކާރުގައި ކޮރަޕްޝަން އާއްމު ވެފައިވާ ކަމުގެ ވާހަކަ ވިދާޅުވެފައިވަނީ ކުރީ ހަތް އަރަށް ވުރެ މިދިޔަ 16 މަހު މައުލޫމާތު ނުދިނުމުގެ ޝަކުވާ ގިނަ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު 2014 ވަނަ އަހަރު ވުޖޫދުވެ އެގާނޫނުގެ ދަށުން އުފެދިފައިވާ އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފުރަތަމަ ހަތް އަހަރު ލިބިފައިވާ ޝަކުވާ ތަކަށް ވުރެ މިދިޔަ 16 މަހު ލިބުނު ޝަކުވާ ގިނަކަން ވަނީ ފާހަގަކުރެވިފައެވެ.

ޝަކުވާތައް ގިނަވަނީ ހާމަކުރަން އެދޭ މައުލޫމާތު ނުދީ ހިފަހައްޓައިގެން ކަމަށް އާހިދު ވިދާޅުވިއެވެ.

ނޫސްވެރިން ވެސް، އާންމުންގެ ފަރާތްތަކުން ވެސް، ޖަމިއްޔާ ޖަމާއަތްތަކުން ވެސް މައުލޫމާތު އެދޭ މިންވަރު ވެސް އެބަ އިތުރުވޭ، އެހެން އެ ކަން ވިޔަކަސް، އެ އެދޭ މިންވަރު އިތުރުވާ ރޭޓަށް ވުރެ ބޮޑަށް ޝަކުވާތައް އަންނަ ވަރުގެ ރޭޓު މާ ބޮޑަށް ވެސް އިތުރު

އިންފޮރމޭޝަން ކޮމިޝަނަރު އޮފީހުގެ ތަފާސް ހިސާބުތަކަށް ބެލުމުން، ޝަކުވާގެ މިންވަރު އިތުރުވެގެންދާ ކަން ފާހަގަ ކޮށް އާހިދު ވިދާޅުވީ ގިނަ ޝަކުވާ އަކީ ހޯދަން އެދޭ މައުލޫމާތު ނުވަތަ ކުރާ ސުވާލުގެ ޖަވާބު ނުލިބި އެކަމާ އަޅައިނުލެވުމުގެ ސަބަބުން ކުރާ ޝަކުވާތައް ކަމަށެވެ.

މައުލޫމާތު ނުދީ ހިފެހެއްޓުމުން އެޝަކުވާ އިންފޮރމޭޝަން ކޮމިޝަނަރާ ހަމައަށް ފޯރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ނުދީގެން ދައުވާ ކުރަން ބަލާއިރު ތަހުގީގު ހިންގުމުގެ ބާރު ކޮމިޝަނަކަށް ނޯވެ އެވެ. ތަހުގީގު ކުރަން ޖެހޭ ނަމަ، ފުލުސް އޮފީހަށް ފޮނުވަނީ އެވެ. ގުޅިގެން ތަހުގީގުތައް ހިންގުމަށްޓަކައި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އާހިދު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހިންގާ ބައެއް މަޝްރޫއުތަކާއި ބެހޭ ފުރިހަމަ މައުލޫމާތު ނުލިބޭ ކަންކަމުގެ ތެރޭގައި ތިލަމާލެ ބްރިޖްގެ މަޝްރޫއާއި އަމީނީ މަގު ހެދުމުގެ އެއްބަސްވުން ފަދަ ލިޔެކިޔުންތަކުގެ މައުލޫމާތު ދިނުމަށް ހައުސިންގ މިނިސްޓްރީން ދަނީ ދެކޮޅު ހަދަމުންނެވެ. އެފަދަ ކަންކަމާއި ބެހޭ މައުލޫމާތު ހޯދުމަށް އެދި އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތު ހޯދުމަށް އެ އިދާރާގެ މައްޗަށް އަމުރު ކުރުމުން އެކަން ހައިކޯޓްގައި އިސްތިއުނާފް ކޮށްފައިވެއެވެ. އަދި ހައިކޯޓްގެ ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށް އެ މައުލޫމާތު ހާމަކުރުމަށް ވެސް ހުކުމް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: