ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ އޭޖީއެމް 31 މެއި ގައި ބާއްވަން ހަމަޖައްސައި ހިއްސާދާރުންނަށް ދައުވަތުދީފި

އެސްޓީއޯ ހެޑް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެނުއަލް ޖެނެރަލް މީޓިންގ (އޭޖީއެމް) މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެކުންފުނީގެ އަހަރީ އާއްމު ޖަލްސާ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ 20:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށްދާނެ ކަމަށެވެ.

 

ހިއްސާދާރުންނަށް އޮންލައިންކޮށް މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށާއި ބައިވެރިވުމަށް އެކަމަށް ހާއްސަ ވެބް ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

2022 ވަނަ އަހަރުގެ އޭޖީއެމްގައި އެ އަހަރުގެ އަހަރީ ރިޕޯޓް ނެރުމާއި ހިއްސާދާރުންނަށް ހިއްސާ ބެހުމަށް ފާސްކުރުމާއި ކުންފުނީގެ އިތުރު މައުލޫމާތުތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފާއިތުވި ކުއާޓަރގައި އެސްޓީއޯގެ ހިއްސާ ވަނީ އެންމެ މަތިން 1450 ރުފިޔާ އަދި އެންމެ ދަށުން 1200 ރުފިޔާ ގައި ޓްރޭޑްކުރެވިފައެވެ.

ފާއިތުވި ކުއާޓަރގައި ޖުމްލަ 56 ހިއްސާ މުއާމަލާތުކުރެވިފައިވާއިރު އެސްޓީއޯގެ މާކެޓް ކެޕިޓަލައިޒޭޝަން އުޅެނީ 1735 މިލިއަން ރުފިޔާގައެވެ. އަދި ކުންފުނީގެ ހިއްސާއަކަށް ޖެހުނު ފައިދާ ހުރީ 327 ރުފިޔާ ގައެވެ.

އެސްޓީއޯގެ 2023 ވަނަ އަހަރުގެ އެއް ވަނަ ކުއާޓަރގެ ހިސާބުތައް ވަނީ 30 އޭޕްރިލް 2023 ވަނަ ދުވަހު މި ކުންފުނީގެ ވެބްސައިޓްގައި ޢާއްމުކުރެވިފައެވެ.

އެސްޓީއޯގެ ފުރަތަމަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.4 ބިލިއަން ރުފިޔާ ލިބިފައެވެ.  މިއީ އޭގެ ކުރީ އަހަރުގެ ފުރަތަމަ ކުއާޓާރއާ އަޅާ ބަލައިއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތަށް ކުރިއަރާ މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުމެވެެ.

އެސްޓީއޯ އިން ކޮންމެ އަހަރަކުވެސް އޭޖީއެމް ބާއްވަމުން ގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: