ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުން ދައްކާ ވާހަކަތަކާއި ރައީސް ދައްކާ ވާހަކަތަކާއި ދިމާނުވޭ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދައްކަވާ ވާހަކަތަކާއި އެމަނިކުފާނުގެ ކެބިނެޓުގައި ތިއްބަވާ މިނިސްޓަރުން ދައްކަވާ ވާހަކަތަކާއި ދިމާނުވާކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލު މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރާއްޖޭގައިން ހިންގަމުންދާ މަޝްރޫޢުތައް ކުރިއަށް ދާ ދުވެލި މަޑުކަމަށް ސިފަކުރައްވާ ޝުޖާއުވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭގައި ހުޅުމާލޭގައި ބިނާ ކުރެއްވުމަށް ވިދާޅުވި ޓާޝަރީ ހޮސްޕިޓަލްގެ ބިންގާ އެޅުއްވިކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އެޅުއްވީ ހޮސްޕިޓަލުގެ ބިންގާ އެކަނި ނޫންކަމަށެވެ.

އޭނާ ވިދާޅުވީ، ބިންގާ އެޅުމަށްފަހު މަސައްކަތާއި ހަވާލުވި ކުންފުނިންވަނީ ބާރު ދުވެއްޖެއްގައި މަސައްކަތްތައް ނިންމާފައިކަމަށެވެ. އަދި އެ ހޮސްޕިޓަލު ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ހުޅުވިކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރެއްވުމުގެ ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާކަމަށް ޝުޖާއު އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ބިނާކޮށްދެއްވުމަށް ވައުދުވެވަޑައިގެންނެވި 7 ހޮސްޕިޓަލެއްގެ މަސައްކަތްތައް “އަންނަނީ” ގައި އޮންނަތާ އަހަރުތަކެއް ވެފައިވާކަމަށެވެ. އަދި ބައެއް ފުރުސަތުތަކުގައި 7 ހޮސްޕިޓަލުގެ ބަދަލުގައި 30 ހޮސްޕިޓަލެއްގެ ވާހަކަތައްވެސް ދެކެވޭކަމަށާއި، ވަޒީރުން ދައްކަވާ ވާހަކަތަކާއި ރައީސް ސާލިހުގެ ވާހަކަތަކާއި ފުށު އަރާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، ކޮންމެއަކަސް ރައީސް ސާލިހުގެ ވެރިކަމުގެ ފަސް އަހަރު އެމަނިކުފާނު އެ ނިންމަވާލައްވަނީ ބިނާ ކޮށްދެއްވާނެކަމަށް ވިދާޅުވި ހޮސްޕިޓަލްތައް “އޮލިމްޕަސް ބޮޑު ސްކްރީނަށް ގެނެސް ގެނެސް” ކަމަށެވެ. އޭނާ ވިދާޅުވީ “އިބޫ ނޫން ގޮތެއް” ދިވެހި ރައްޔިތުން ހޯދަން ޖެހިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: