ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފު ނުލިބުން: މައްސަލައެއް ނޫން؟

މުޒާހަރާއެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މުޖުތަމައުއަށް ބަލާއިރު ކުށްތަކަށް އަރައިގަތުމާއި، އަނެކާގެ ހައްގުތަކަށް އަރައިގަތުން މިވަނީ އާންމުވެފައެވެ. ވައްކަމާއި، ހިޔާނާތުގެ މައްސަލައާއި، މީހުން މެރުމާއި، ޖިންސީ ގޯނާގެ މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތައްވެސް އިންތިހާއަށް ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. މިފަދަ ކުށްކުށުގެ ޝިކާރައަކަށްވެގެންދަނީ ވަކި އުމުރުފުރައެއްގެ މީހުންނެއް ނޫނެވެ. ކުޑަ ކުދިން އިން ފެށިގެން، ޒުވާނުންނާއި މުސްކުޅިންވެސް މިފަދަ ކަންކަމާއި ކުރިމަތިލާންޖެހެއެވެ. އެއްވެސް ހައްގެއް ނެތި ބައެއްގެ އަނިޔާގެ ޝިކާރައަކަށްވެ މި ދުނިޔެ ދޫކޮށްލަން ޖެހުނީ ކިތައް ފުރާނަތޯއެވެ؟. ކިތައް މީހުންގެ ހައްގަށް އެރިގެންފިތޯއެވެ. އެތައް ބައެއްގެ މުދާ ނުހައްގުން ފޭރިގަތުމުގެ ސަބަބުން މިއަދު ހާލުގައި ޖެހިފައިވަނީ ކިތައް މީހުންތޯއެވެ.

ގަބޫލުކުރަމެވެ. ކޮންމެ މުޖުތަމައުގައިވެސް ކުށްކުރާނެއެވެ. އަދި ކިތައްމެ މަސައްކަތެއްކުރި ނަމަވެސް މިއީ އެއްކޮށް ހުއްޓުވުމަކަށް ގެނެވޭނެކަމެއް ނޫންކަންވެސް ގަބޫލުކުރަމެވެ. މައްސަލަ އުފެދި، ސަރުކާރާއި ދެންވެސް ހުރި ކަމާއި ބެހޭ އިދާރާތަކާއި، ވުޒާރާތައް ކުށްވެރިކުރަންޖެހެނީ މިފަދަ ކުށްކުށުގެ ޝިކާރައަށްވާ މީހުންނަށް ލިބެންޖެހޭ އިންސާފު ނުލިބޭތީއެވެ. ގެއްލިގެން ދިޔަ ހައްގު ހޯދުމަށް ޒިންމާދާރު މަސައްކަތްތަކެއް ކަމާއި ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނަށް ނުކުރެވޭތީއެވެ.

މަރުގެ މައްސަލަތަކަށް ބަލާއިރު، ރާއްޖޭގައި މިފަދަ އަނިޔާވެރި އެތައް ހާދިސާއެއް ހިންގައެވެ. މިއަހަރުގެ މިހާ ހިސާބަށް އައިރުވެސް މަރުގެ މައްސަތަކެއް ފެންމަތިވެއްޖެއެވެ. އަދި ފާއިތުވެދިޔަ އަހަރުގައިވެސް އެތައް މަރުގެ މައްސަލައެއް ހިނގައިގެން ގޮސްފައިވާއިރު، މީގެ އެތައް އަހަރެއް ކުރިން މަރާލާފައިވާ މީހުންގެ އާއިލާތަކަށްވެސް އިންސާފެއް ހޯދައެއްނުދެވެއެވެ.

މިފަދަ މައްސަލަތަކަށް ބަލާއިރު، ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލައަކީ ގިނަ ބަޔަކު ދަންނަ ވާހަކައެކެވެ. އެ މައްސަލައަށް 8 އަށްވުރެ ގިނަ ދުވަސް ވެގެންދާއިރު އަދިވެސް ވެރިކަމަށް އަންނަން ދައްކަވާ ވާހަކައަކީ އެއީއެވެ. ރިޟްވާންގެ އައިލާއަށް އިންސާފު ހޯދައިދޭނެކަމުގެ ވާހަކައެވެ. އެހެން ނަމަވެސް އަދި އަދަށް ދާންދެންވެސް މި މައްސަލައިގައިވެސް އަލި މަގެއް ފެނިފައެއްނުވެއެވެ. މިފަދަ އެތައް މައްސަލައެކެވެ.

އަދިވެސް އަޅުގަނޑުމެންގެ ހަނދާނުގައި މިދިޔަ އަހަރުގެ 6 އޯގަސްޓް ގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުޙައްމަދު ސައީދު (ޝީއާ) ގެ މަރުގެ މައްސަލަ ހަނދާން ހުންނާނެއެވެ. މި މައްސަލައިގެ މާ ބޯޑު ތަފްސީލެއް ނުލިބޭއިރު، އަދިވެސް އިންސާފަށް ވާސިލްނުވެވޭކަން ޔަގީނެވެ.

އޭގެ އިތުރުން ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ ހޯޑެއްދޫ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ދެންވީ ގޮތް އާއިލާއަށްވެސް ނޭގެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ފުލުހުން އަބްދުﷲ ރަޝީދު ހައްޔަރުކޮށްފައިވަނީ ގދ މަޑަވެލިންނެވެ. އޭނާ ހައްޔަރުކޮށްގެން ލޯންޗުގައި ގެންދަން އުޅެނިކޮށް ނޭވާލާން އުނދަގޫވާ ކަމށާއި ސިއްހީ މަރުކަޒަށް ގެންގޮސް ދިނުމަށް އޭނާ އެދުނު ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. އަބަދުﷲ ރަޝީދު މަރުވެފައިވަނީ ފުލުހުން މިކަމަށް ދެކޮޅު ހަދާފައިވަނިކޮށެވެ. އާއިލާއިން އޮޓޮޕްސީއެއް ނެހެދުމަށް އެދި އާދޭސްކޮށް، އެކަމާއި ދެކޮޅު ހަދަމުން ދަނިކޮށް، އޮޓޮޕްސީ ހެދުމަށްފަހު މިހާރު އަބްދުﷲ ރަޝީދުގެ ހަށިގަނޑު ވަޅުލާފައިވާއިރު، އަބްދުﷲ ރަޝީދުގެ މޫނު ބަލައިލުމުގެ ފުރުސަތުވެސް އާއިލާއަށް ދިނީ އެތައް އިރެއްގެ އާދޭހަކަށްފަހުއެވެ.

މަޖިލީހަށް ހޯމް މިނިސްޓަރު ހާޒިރުކުރެވޭ ކޮންމެ ފަހަރަކު ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން މިކަމާއި ގުޅޭގޮތުން ސުވާލުކުރާއިރު، އަބަދުވެސް ފެނިގެންދަނީ ސަރުކާރާއި، ފުލުހުން ދިފާއުކުރައްވާ މަންޒަރެވެ. އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް ނެތްކަަމަށް ނިންމާފައިވާކަން މިނިސްޓަރު އިމްރާން ފަހުރުވެރިކަމާއިއެކު އިއުލާންކުރެއްވިއިރު، އަދިވެސް އާއިލާއިން ތިބީ މިކަމުގެ ވާނުވާއެއް ނޭގިއެވެ.

މަރުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ގޯނާގެ ކުށްތަކާއި ގެވެށި އަނިޔާ ކުރިމަތިވާ ފަރާތްތަކަށް ބަލާއިރު، ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތައް އާންމުކުރާއިރު، މިފަދަ މައްސލަަތކުގެ އަދަދުތައް ދުވަހެއް ދުވަހަކުން ދަނީ މަތިވަމުންނެވެ. ނަމަވެސް އިންސާފާއި ހަމައަށް ވާސިލްވެވުނު މައްސަލަތކުގެ އަދަދު މަދެވެ. މުޅި އުމުރަށް ދެމިގެންދާހެން ލިބޭ މިފަދަ ގެއްލުންތަކުގައި ހޯދައިދެވޭނެ އިންސާފެއް ނޯންނާނެއިރު، ކުށްވެރިޔާއަށް ހައްގު އަދަބު ނުދީ މުޖުތަމައުއަށް ދޫކޮށްލުމަކީ ޝަކުވާ ބޮޑުވެ، އިންސާފުގެ ވާހަކަދައްކަން ޖެހޭ ހިސާބެވެ.

އިންސާފު ނުލިބުމުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތު ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާއިރު، އިންސާފު ގާއިމްނުކުރެވުން މައްސަލައަކަށް ނުވެއެވެ. މައްސަލަތަކުގެ ޝަރީއަތް ދިގުލައިގެން ގޮސް، ހިނގައިދާ ހިތާމަވެރި ހާދިސާ ހަދާނުން ފޮހެލުމަށް ދަތިވާއިރު، ހޯދޭނެ ހައްލެއް ގާނޫނު އަސާސިއަކު ނެެތެވެ. މަރަށް މަރު ހިފުމަށާއި، ޖަލު ހުކުމް ތަންފީޒުކުރުމަށް ހުކުމް ކުރި ނަމަވެސް ކުށްވެރިޔާއަށް ލުއި ލިބިގެންދާއިރު، އަނިޔާގެ ޝިކާރައަކަށްވީ ފަރާތްތަކުގެ ހައްގުތައް ކޮބައިތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިންސާފަކީ ވިއްކާ މުދަލެއް ލާރި ނެތިއްޔާ ނުގަނެވޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: