އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް އުފައްދަން ބޭނުންވާ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
މިއަދު އިލެކްޝަންސް ކޮމިޝަންގައި ދަ ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދިނުމަށް ފޯމް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ފޯމް ހަވާލުކޮށްފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. ހަސަން ލަތީފްގެ ފޯމާއި ހަވާލްވެލެއްވީ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބްއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމާއި ބެހޭ ފޯމާއި ހަވާލްވުމަށް ފަހު ކޮމިޝަންގެ ނައިބު ރައީސް ހަބީބް ވިދާޅުވީ މިއަދު ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދެވިގެން ގޮސްފައިވަނީ ހެންވޭރު ސީވީޑް ހަސަން ލަތީފް އަށް ކަމަށެވެ. އަދި ސިޔާސީ ޕާޓީ އުފެއްދުމުގައި ކާމިޔާބީއަށް ހަބީބު ވަނީ އެދިފައެވެ.
ދަޑިމޮކްރަޓްސްގެ ފަރާތުން ފޯމް އީސީ އަށް ހުށަހެޅުމުގެ ރަސްމިއްޔާތުގައި އެމްޑީޕީން ވަކިވި ގިނަ މެމްބަރުން ހިމެނެއެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އަދި ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާންގް އިތުރުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހިމެނެއެވެ.
”ފިކުރެއްގެ ދިރުން“ މޫވްމަންޓްގެ ދަށުން ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތުގައި އުޅުއްވަނީ އެމްޑީޕީ އުފެދިގެން އައިސް ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރާއި، އަދި އެމަނިކުފާނުގެ ވެރިކަން 2012 ގައި ބަދަލުވެ ހިނގަދިޔަ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި 07 އަހަރު މަގުމަތީގައި އެންމެ އިސްކޮށް އުޅުނު ބޭފުޅުންނެވެ. އެހެންވެ، އެކަން ފާހަގަކޮށް ޕާޓީން އިސްތިއުފާ ދިންކަމަށް އިއުލާނު ކުރުމުގެ ނޫސްވެރިންގެ ބައްދަލުވުވުމުގައި ވެސް އެބޭފުޅުން ވިދާޅުވީ އެއީ އެމްޑީޕީގެ ސިޔާސީ އެތައް މަސައްކަތެއްގައި އުޅުއްވާފައި ތިބި މެމްބަރުންނަށް ވީތީ ޕާޓީގެ މުސްކުޅި ދަރިވަރުންކަމަށާއި ސިޔާސީ މަސައްކަތްތަކަށް އާ ނުވާނެ ކަމަށެވެ.
2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރިއިރު، އެއީ އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރުކަމާއި އަދި އެމަނިކުފާނުގެ އޭރު ހުރިކަމަށް ކެމްޕެއިނުގައި ވިދާޅުވި ސިފަތައް ނެތިގެން ދިޔަކަމަށް ގަބޫލު ކުރެވުނު ހިސާބަކީ ކޮބައިތޯ ”ސަންގު ޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ސުވާލު ކުރުމުން އީވާ ވިދާޅުވީ އޭނާ ބޭނުން ނުވީ ކަސްތޮޅުތަކެއްގެ ތެރޭގައި ބަންދުވެ ހުރުމަށް ކަމަށެވެ.
އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް އެއްވެސް މިނިވަންކަމެއް ނެތްކަމަށް، ގަބޫލު ކުރެވި އެ އިހުސާސް ކުރެވޭތާ ވެސް ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ޕާޓީއެއްގައި މަސައްކަތް ކުރާއިރު، އެ ޕާޓީގެ އަސާސްތަކާއި އެއްގޮތަށް މަސައްކަތް ކުރަންޖެހޭނެކަން އޭނާ ވެސް ގަބޫލު ކުރާކަމަށާއި، އަދި މިނިވަންކަމަކީ ބޭނުންހާ ވާހަކައެއް ދެއްކުން ނޫންކަން ގަބޫލު ކުރާކަމަށް އީވާ ވިދާޅުވި އެވެ.

