ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ޖަލުގައި އޮންނަނީ ގައުމައްޓަކައި ވެވަޑައިގަންނަވާ ޖިހާދެއްގެ ގޮތުގައި: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ބޭނުންވެވަޑައިގެންފި ހާލަތެއްގައި ޖަލުން މިނިވަންވެވަޑައިގެން ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވޭނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލު މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ހާއްސަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީން ބޭނުންވެވަޑައިގެންފި ހާލަތެއްގައި ޖަލުން މިނިވަންވެވަޑައިގެން ސަޕޯޓަރުންނާއި ހަމައަށް ވަޑައިގަތުމަކީ އުނދަގޫކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާނަމަ، މިނިވަންކަމާއިއެކު 2023ގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނަކީ އެފަދަ އަމަލެއް ނުހިންގަވާނެ ބޭފުޅެއްކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވަމުންދަނީ، ގައުމައްޓަކައި ވެވަޑައިގަންނަވާ ޖިހާދެއްގެ ގޮތުގައިކަމަށެވެ. ޝުޖާއު ވިދާޅުވީ، ރާއްޖޭގެ އެހެނިހެން ލީޑަރުން އަމަލުކުރައްވާ ގޮތަށް އަމަލުކުރެއްވުމުން ރައީސް ޔާމީންވެސް މިނިވަންވެވަޑައިގަންނަވާނެކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންވެސް ރާއްޖޭގައި އެހެނިހެން ގައުމުތަކުގެ އަސްކަރިއްޔާ ހާޒިރުވެ ތިބުމަށް އޯކޭ ޖެއްސެވުމުންނާއި އިގްތިސާދުގެ މައްޗަށް ބޭރުގެ ފަރާތްތަކުގެ ބާރު ހިނގުމަށް އެއްބަސްވެވަޑައިގަތުމުންނާއި، ރާއްޖޭގެ ހަރުމުދާ ބޭރު ގައުމުތަކަށް ވިއްކުން ވަރިހަމަވެވަޑައިގަތުމުން އެމަނިކުފާނު ހުންނަވާނީ މިނިވަންވެވަޑައިގެންކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އެންމެހާ ބާރުތަކެއް އެހެން ގައުމެއްގެ އަތްމައްޗަށް ދޫކޮށްލައި ދިވެހިން އަމިއްލަ ގައުމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާން ދޫކޮށްލެއްވުމުން ރައީސް ޔާމީންވެސް ހުންނަވާނީ ޖަލުން މިނިވަންވެވަޑައިގެންކަމަށެވެ.

ޝުޖާއު ވިދާޅުވީ، ރައީސް ޔާމީންނަށް ޖަލުގައި ދުވަސްތަކެއް ތަހައްމަލު ކުރަން ޖެހިވަޑައިގަންނަވަނީ އަދި އަނިޔާތަކެއް ލިބިވަަޑައިގަންނަވަމުންދަނީ އޭނާ އިސްވެ ދެންނެވިފަދަ ކަންކަމަށް އެއްބަސްވެވަޑައިނުގަންނަވާތީކަމަށެވެ. އޭނާ ވިދާޅުވީ، އޭނާ ދެންނެވި ކަންކަމުގެ ފަހަތުގައި އޮތީ އިންޑިއާކަމަށެވެ. ޝުޖާއު ވިދާޅުވީ، އިންޑިއާގެ ސަރުކާރުން ރައީސް ޔާމީންނަށް އެ ފުރުސަތު ލިބުމަށް ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް މާތް ﷲ އެކަމެއް ނިންމެވުމުން އެކަމެއް ނިމިގެންދާނެކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

އޭނާ ވަނީ އިންވަކި ކުރުމުގެ މައްސަލައިގައި އެހެނިހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ފާޑުވިދާޅުވެފައެވެ. ޝުޖާއު ވިދާޅުވީ، މަސްކަނޑު ވިއްކާލި އިރު އެއްވެސް އެހެން ލީޑަރަކަށް އެ މަންޒަރު ފެނިވަޑައިނުގެންނެވިކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިންޑިއާގެ އަސްކަރިއްޔާ ފެތުރިގޮސްފައިވާކަމަށާއި އެހެންނަމަވެސް އެކަން ހިނގައިދިޔަ އިރު، އެއްވެސް ފަރާތަކުން އެކަމާއި އަޑު އުފުލާފައިނުވާކަމަށްވެސް ޝުޖާއު އިޝާރާތްކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން ސިފަވަނީ ރިޔާސީ މޫސުމަށް ފޮޅޭ މާތަކެއްގެ ގޮތުގައިކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން އަަބަދުވެސް އުސޫލުތަކުގައި ހިފަހައްޓަވާކަމަށާއި އެމަނިކުފާނު އަބަދުވެސް ގެންދަވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ވަކާލާތު ކުރެއްވުމުގެ މަސައްކަތްތައް ކުރައްވަމުންކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: