ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ދިވެހިންނަށް ވުރެ ބިދޭސީން ބާރުވެރީ، ރައީސް ސާލިހުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން: ޝުޖާއު

ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ދިވެހިންނަށްވުރެ ބިދޭސީން ބާރުވެރިވެފައިވާކަމަށާއި އެކަން އެގޮތަށް ދިމާވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންކަމަށް ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕާކުތައް ފަދަ ތަންތަން ބޭނުންކުރުމަށް ބިދޭސީން އަތުން ޗާޖެއް ނެގުމާއިމެދު ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ހުޅުމާލޭގައި އެންމެހާ ވިޔަފާރިތަކެއްވެސް ކޮންޓްރޯލް ކުރަމުންދަނީ ބިދޭސީންކަމަށެވެ. އޭނާ ވިދާޅުވީ، މާރުކޭޓު ފަދަ ތަންތަނުގައި ބިދޭސީންނަށް ވިޔަފާރި ނުކުރެވޭގޮތަށް ކައުންސިލުންވަނީ ފިޔަވަޅުތަކެއް އަޅުއްވާއިރު، އެކަމުގައި ކާމިޔާބީތަކެއްވެސް ލިބިވަޑައިގެންފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ކަންކަން ހައްލު ނުވާކަމަށެވެ. އޭނާ ވިދާޅުވީ، ބިދޭސީން ވިޔަފާރި ކުރުމުގައި ދިވެހި ބައެއް ފަރާތްތަކުގެ ޝާމިލުވުންވެސް އޮންނަކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ސަމާލުވަންޖެހޭކަންކަން ކަމަށް ގަބޫލުކުރައްވާކަމަށެވެ.

ޝުޖާއު ވިދާޅުވީ، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދައުރުގައި ބިދޭސީން ސޭޓުންގެ މަގާމުގައި ތިބުން މަނާކުރެއްވިކަމަށެވެ. އޭނާ ވިދާޅުވީ، ޗާޖު ކުރުމަށް ހުށައަޅާފައިވާ ހުށައެޅުމަށް ތާއީދުކުރައްވާކަމަށެވެ.

ޝުޖާއު ވިދާޅުވީ، މާލޭގެ ލޯކަލް ފިހާރަތަކުގެ ސޭޓުކަން ކުރަމުންދާ ބިދޭސީން ފެންނަކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުންވާނީ އެކަން ގާނޫނެއް ވުޖޫދުކޮށްގެން މަނާކޮށްފައިކަމަށެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ، ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމާއިއެކު، ދިވެހިންވަނީ އަމިއްލަ ގައުމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ބަދަލުވެފައިކަމަށެވެ. ހުށައެޅުމަށް ތާއީދުކުރައްވާކަން ތަކުރާރުކުރައްވާ ޝުޖާއު ވިދާޅުވީ، ދިވެހިންނަށްވުރެ ބިދޭސީންގެ ދައުރު ފުޅާވެގެން ނުވާއިރު، އެ ބޭފުޅުންގެ ހައްގުތަކަށް ގެއްލިގެންވެސް ނުވާނެކަމަށެވެ. އަދި މާލެއަކީ ތަހުޒީބު ސިޓީއަކަށް ހެދުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، އެނާއަށް ބޭރު ގައުމަކަށް ގޮސް ރާއްޖޭގައި ބިދޭސީން އުޅެމުންދާ ދަރަޖައިގައި ނޫޅެވޭކަމަށެވެ. އޭނާ ވިދާޅުވީ، އެހެނިހެން ގައުމުތަކުގައިވެސް ގެންގުޅޭ އުސޫލުތަކަށް މާލޭގައިވެސް އަށަގެންނެވުން މުހިންމުކަމަށެވެ.

ސަލްޓަން ޕާކް އަދި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީން އަތުން ފީއެއް ނެގުމަށް މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމަށް ހުށައެޅި ހުށައެޅުމަށް ނެގި ވޯޓު ފާސްވެފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: