ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރިއެއް ފެށިގެން ދިއުމަކީ އިގްތިސާދަށް އެޅުނު މުހިއްމު ފިޔަވަޅެއް: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ކުރުމުގެ މަރުޙަލާ ފެށިގެން ދިޔުމަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ވަނީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރި އެއްބަސްވުމުގެ މަޝްވަރާތަކުގައި ބައިވެރިވިއިކޮނޮމިކް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ ޓީމަށް ޝުކުރު ދަންނަވާފައެވެ.

ފައްޔާޒް އިތުރަށް ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތާއި އެކު ގާއިމްކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އެގައުމަށް ޑިއުޓީ އަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވިގެންދާނެ ކަމަށެވެ. އަދި އެކަމަކީ  ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ފަހުގެ ތާރީހުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ދިވެހި ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކުރުމަށް އެގައުމުގެ ކަމާއިބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް ނިންމާ އެކަން ވަނީ އިނގިރޭސިވިލާތުން އިއުލާންކޮށްފައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އިނގިރޭސިވިލާތާއި އެކު ގާއިމްކުރުމަށް މަސައްކަތް ކުރާ ވިޔަފާރި އެއްބަސްވުމާއި ގުޅޭ މަޝްވަރާތަކުގެ ސަބަބުން އެގައުމަށް އެސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: