ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ރެކްރޫޓުންގެ ސައިކޮލޮޖިކަލް ޕްރޮފައިލް ހަދަނީ

އިންޑިއާގެ ގުޖުރާތުގައި ހުންނަ އެންއެފްއެސްޔޫ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ތަންފީޒީ ބާރުތަކުގެ ވަޒީފާއަށް އަލަށް ނަގާ މީހުންގެ ނަފްސާނީ ހާލަތު ދެނެގަތުމަށްޓަކައި(ސައިކޮލޮޖިކަލް ޕްރޮފައިލިންގް) ހެދުމަށްޓަކައި އިންޑިއާގެ އުނިވާސިޓީއަކާއިއެކު މަސައްކަތްތަކެއް ކުރަން ފަށައިފިއެވެ.

އިންޑިއާގެ ހަބަރު ފަތުރާ ވަސީލަތްތަކުގައި ޝާއިއުކޮށްފައިވާގޮތުން، ދިވެހިރާއްޖޭގެ ސަލާމަތީ މަސައްކަތްތަކަށް ހޮވޭ މުއައްޒިފުންގެ ސައިކޮލޮޖިކަލް ޕްރޮފައިލް ކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ އިންޑިއާގެ ގުޖުރާތުގެ ގަނދީނަގަރުގައި ހުންނަ ގައުމީ ފޮރެންސިކް ޔުނިވާސިޓީ އާއިއެކުއެވެ. އެކަން ކުރަމުންދަނީ ސަލާމަތީ އަދި ތަންފީޒީ ބާރުތަކަށް ނަގާ މުއައްޒިފުންގެ ތެރޭގައިކަމަށް ބުނެފައިވާއިރު، މި މަސައްކަތްތަކަކީ ވަސީފާއަށް ނަގާ މީހެއްގެ ކިބައިގައި ހުރި ސިފަތަކާއި އޭނާ ނިކަމެތިވެ ރިޝްވަތެއްގައި ޖެހިދާނެ ފަދަ ހާލަތްތަކަކީ ކޮބައިކަންވެސް ދެނެގަތުމަށް ކުރެވެމުންދާ މަސައްކަތްތަކެއްކަމަށް ބުނެފައިވެއެވެ.

އެންފްއެސްޔޫގެ މައުލޫމާތުތައް ނޫސްތަކާއި ހިއްސާކުރި ފަރާތަކުން ބުނެފައިވާގޮތުން، ރާއްޖޭގެ ސަރުކާރުން ބޭނުންވަނީ ސަލާމަތީ ބާރުތަކުގެ އެންމެ މަތީ ފަޑީގައި ތިބި 187 ސެކިއުރިޓީ އޮފިޝަލެއްގެ ސައިކޮލޮޖިކަލް ޕްރޮފައިލިންގް ހެދުމަށެވެ. އަދި އެ މަގުސަދު ހާސިލު ކުރުމަށް އެންއެފްއެސްޔޫ އާއިއެކު އެއްބަސްވުންތަކެއް ގާއިމުކޮށްފައިވާއިރު، އެ އެއްބަސްވުުގެ ދަށުން އެންމެހާ އެފަދަ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުގެ ޕްރޮފައިލްއެއެއް ހެދުމުގެ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާކަމަށް ބުނެފައިވެއެވެ.

އެންއެފްއެސްޔޫގެ ކެމްޕަަސް ޑިރެކްޓަރު ޝަންކަރްރާއޯ ވިދާޅުވެފައިވާގޮތުން، ރާއްޖެއިންވަނީ ސަލާމަތީ ހިދުމަތްތަކުގެ މުއައްޒިފުންގެ ސްކްރީނިން މަސައްކަތްތައް ކުރުމަށް އެ ޔުނިވާސިޓީއަށް ހުށައަޅާފައެވެ. އެހެންކަމުން އެ ޔުނިވާސިޓީގެ ސުކޫލު އޮފް ބިހޭވިއަރަލް ފޮރެންސިކްސްގައި ތިއްބެވި ޑޮކްޓަރުންވަނީ ރެކްރޫޓުންގެ ޕްރޮފައިލިންގް މަސައްކަތްތައް ކޮށްފައިކަމަށެވެ. އަދި ފަހުން ރެކްރޫޓުންގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ވަޒީފާ ދީފައިވަނީ އެންއެފްއެސްޔޫގެ ރިޕޯޓުތަކަށް ރިއާޔަތްކުރުމަށްފަހުކަމަށްވެސް ބުނެފައިވެއެވެ.

އެންއެފްސީޔޫގެ އޮފިޝަލެއް ނޫސްތަކަށް ދެއްވި މައުލޫމާތުގައި ބުނެފައިވާގޮތުން، އާންމު ނަފްސާނީ ހާލަތު ދެނެގަތުމުގެ މަސައްކަތްތަކުގެ އިތުރުންވެސް އެހެނިހެން ސައިކޮލޮޖިކަލް ޕްރޮފައިލިންގެ އުސޫލުތަކުގެ ދަށުންވެސް އެ މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ. އެގޮތުން 187 މީހެއްގެ ސައިކޮލޮޖިކަލް ޕްރޮފައިލިން ހެދި ވިޝާލް ޕްރްމާ ބުނެފައިވާގޮތުން، މީހާ ދައްކާ ވާހަކައިގެ ތެދު ދޮގު ދެނެގަތުމަށްޓަކައި ބޭނުންކުރާ މެޝިނެއްކަމަށް ޕޮލިގްރާފް މެޝިނުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ބޭނުންކޮށްގެން އެކި ގޮތް ގޮތުން ޕްރޮފައިލްކޮށްފައިވާނެއެވެ.

އޭނާ ބުނެފައިވާގޮތުން، ވިސްނުމުގެ ފެންވަރު ދެނެގަތުމަށްޓަކައި ސްކްރީން ކުރެވިފައިވާއިރު، އާންމު އިޖްތިމާއީ އުސޫލުތަކާއިމެދު ދެކޭ ގޮތް އަދި ކުރިން ކުށަކަށް އަރައިގަނެފައިވޭތޯ ބެލިފައިވާއިރު، ކުރިއަށް އޮތް ތާނގައި އެމީހެއްގެ ކިބައިން ނުރައްކަލެއް ކުރިމަތިވެދާނެތޯވެސް ދެނެގަތުމަށް މަސައްކަތްތަކެއް ކުރެވިފައިވެއެވެ.

ނޫހުގައި ބުނެފައިވާގޮތުން، ރާއްޖެއިން ގުޖުރާތުގެ އެންއެފްއެސްޔޫގެ ސައިކޮލޮޖިކަލް ޕްރޮފައިލިންގް މަސައްކަތް ބަލައިގަނެ ބޭނުން ހިފަމުންދާއިރު، އެ ސަރަހައްދުގެ އެފަދަ ކަންކަމަށް މީހުން އައްޔަނު ކުރުމުގައި އަދި އެންއެފްއެސްޔޫގެ ހިދުމަތްތައް ބޭނުން ކުރެވިފައިނުވެއެވެ. އެގޮތުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގެ އުޅޭ ގިނަ އަދަދެއްގެ ފަރާތްތަކުގެ މައްޗަށް ރިޝްވަތު ނެގުމުގެ ތުހުމަތު ކުރެވިފައިވާއިރު، ޖިންސީ މުއާމަލާތްތައް ކުރިކަމުގެ ތުހުމަތުގެ އިތުރުން ބްލެކްމައިލް ކުރުމުގެ ތުހުމަތު ކުރެވިފައިވާކަމަށް ބުނެފައިވާއިރު، އެ މައްސަލައިގައި އެންޓި ކޮރަޕްޝަނުން ބައެއް ފަރާތްތައް ހައްޔަރުވެސް ކުރިކަމަށް ބުނެފައިވެއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތީއީ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް. މިހާރުން މިހާރަށް ތިޖަން ހުއްޓަން ޖެހޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: