ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް އައި ބަދަލާއިއެކު ޕާޓީ ހިނގަމުން އެދަނީ ހިނގަން ޖެހޭ ގޮތަށް، މިނިވަންކަމާއިއެކު: އިއްސެ

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް އައި ބަދަލާއިއެކު ޕާޓީ ހިނގަމުން އެދަނީ ހިނގަން ޖެހޭ ގޮތަށް މިނިވަންކަމާއިއެކުކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވީ 2019 ވަނަ އަހަރާއި އަޅާކިޔާއިރު، ސިޔާސީ މަސައްކަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާއި، އަދި އެއީ އަންދާޒާކުރިފަދަ ބަދަލުތަކެއްވެސް ނޫންކަމަށެވެ.

އިސްމާއިލް ވިދާޅުވީ 2019 ވަނަ އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބުނީ ޕާޓީގެ ހުރިހާ މެންބަރުން ކުރެއްވި މަސައްކަތުންކަމަށެވެ. އަދި އެކި މިންވަރަށް މަސައްކަތްކުރީ ހަވާލުވެފައިވާ ޒިންމާގެ ގޮތުންކަމަށް އިސްމާއިލް ވިދާޅުވިއެވެ. އޭނާ އެހެން ވިދާޅުވީ މަޖިލީހުގައި ތިބި އެމްޑީޕީގެ ގިނަ މެންބަރުންނަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ބުރަ މަސައްކަތުން އިންތިހާބުވެފައި ތިބި ބައެއްކަމަށް ބުނެ ވާހަކަދެކެވޭތީ، އެ ވާހަކަތަކަށް ރައްދުދެއްވައެވެ.

އިސްމާއިލް ވިދާޅުވީ ޕާޓީގެ ފަރާތުން އިންތިހާބުތަކަށް ނިކުންނަ ކެނޑިޑޭޓުންނަށް ތާއީދު އިތުރުކޮށްދިނުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެއްކަމަށެވެ. އަދި ވިދާޅުވީ ވަކި ސިޔާސީ ލީޑަރަކަށް ”މަރުދޭނެ“ ވަރަށް ތާއީދުކުރާ ރައްޔިތުން ތިބި ނަމަވެސް، އެމްޑީޕީއަށް ގޮނޑި ކާމިޔާބުކުރެވިފައިވާ ކޮންމެ ދާއިރާއެއްގެ 100 އިންސައްތަ ތާއީދު ރައީސް ނަޝީދަށް ނޯންނާނެކަމަށެވެ.

އާންމު ރައްޔިތުންނަށް އަޅުގަނޑުމެންގެ ތެރޭގައި މައްސަލަ އުޅޭކަން މިއަދު އެނގުނަސް، މި މައްސަލަ ފުރަތަމަ މި ސަރުކާރު ވުޖޫދުވި ދުވަހުން ފެށިގެން މި މައްސަލަ އުޅޭ އެތެރޭގައި.

އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެން ދުވަހުން ފެށިގެން އެމްޑީޕީގެ ތެރޭގައި މައްސަލަ އޮތްކަމަށެވެ. ނަމަވެސް ޕާޓީ ރޫޅެން ބޭނުންނުވާތީ، އެކަންކަން އާންމު މެންބަރުންނަށް ހާމަކުރަމުން އައީ މަސްލަހަތު ހުރި ގޮތެއްގައިކަމަށް އޭނާ ވިދާޅުވިއެވެ.

ވެރިކަން ކުރަންވާނެ ގޮތާއި، ކުރަން ޖެހޭނެ ގޮތާއި، އަދި ވަޒީރުންގެ މަޖިލީސް އެކުލަވާލަންވާނެ ގޮތުގެ އިތުރުން، އެ ސްލޮޓުތައް ދެއްވާނެ މީހުންނާއި، ގުޅޭ ގޮތުން ރައީސް ސާލިހުގެ މައްޗަށް ބަސްކިޔަން ފެށި ދުވަހުން ފެށިގެން މިހާރު މިއޮތް ކޯޅުން ފެށިއްޖެކަމަށް އިސްމާއީލް ވިދާޅުވިއެވެ. އެމްޑީޕީގެ ކޮންގްރެސް އާއި ޕާޓީގެ ރިޔާސީ ޕްރައިމަރީފަދަ ކަންތައްތައް ފާހަގަކޮށް އިސްމާއީލް ވިދާޅުވީ ރައީސް ނަޝީދު ހުންނެވީ މިފަދަ ފުރުސަތުތަކަށް ބަލަބަލައިކަމަށާއި، ނަމަވެސް ރައީސް ސާލިހާއި ދެކޮޅަށް އެމަނިކުފާނު ނިކުމެވަޑައިގަތީ އެއްވެސް ފުރުސަތެއް ފަހިނުވުމުންކަމަށް އިސްމާއީލް ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ އެއްވެސް މީހަކު މަތިން އަންނަ އަމުރުތަކަށް ތަބާވެގެން އަބަދު ތިބެން ބޭނުންނުވާނެކަމަށެވެ. ރައީސް ނަޝީދު މަޖިލީހުގެ ތެރޭގައި އާއި އަދި އެހެން ތަންތަނުގައިވެސް ކުރައްވާކަމަކާއި ދެކޮޅަށް، ހިޔާލެއް ފާޅުކޮށްފިނަމަ އެމީހަކު ވަގަކަށް ހަދާކަމަށާއި، ދެކޮޅަށް ބަސްބުނާކަމަށް އިސްމާއީލް ވިދާޅުވިއެވެ. އަދި ދާއިރާތަކުގެ މެންބަރުން އެ ދާއިރާއެއްގެ ރައްޔިތުންގެ ބަސް އިއްވުމުން، އެއީ ރައީސް ނަޝީދު ހިތްހަމަ ނުޖެހޭފަދަ ވާހަކައަކަށްވާނަމަ ނުރުހުންވާކަމަށް އިސްމާއީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: