ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާސްޕޯޓުގެ ހިދުމަތަށް ބަދަލުތަކެއް: ފޯމާ ނުލައި އެޕްލިކޭޝަން ހުޅަހެޅޭނެ!

އެއަރޕޯޓްގައި ހުރި އިމިގްރޭޝަންގެ ކައުންޓަރުން ހިދުމަތްދެނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް މުޅިން އައު ބަދަލުތަކެއް ގެނެސްފިއެވެ.

ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް އިމުގާއިން އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 22 ޖުލައި 2020 ގައެވެ. އޭގެ ފަހުން މިހާތަނަށް އޮންލައިންކޮށް 125,600 އަށްވުރެ ގިނަ މީހުން ވަނީ ޕާސްޕޯޓު ހައްދާފައިކަމަށް އިމިގްރޭޝަންއިން ބުންޏެވެ. މިއީ އަންދާޒާ ކުރި ވަރަށްވުރެ އެތައް ގުނައެއް ބޮޑު އަދަދެއްކަމަށް ފާހަފަކޮށް އިމިގްރޭޝަން އިން ބުނީ ނަމަވެސް، މިކަމުގެ ސބަބަުން ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެ ވެސް ޕާސްޕޯޓުގެ ޚިދުމަތަށް އެދެވުން ވެގެން ދިއައީ އެތައް ގޮތަކުން ފަސޭހަވިކަމަކަންކަމަށެވެ.

ޕާސްޕޯޓުގެ ޚިދުމަތަށް އެދުމުގައި އިމިގްރޭޝަންގެ އަމާޒަކީ އަބަދުވެސް ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު މި ޚިދުމަތް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުންކަން ފާހަގަކޮށް އިމިގްރޭޝަންއިން ބުނީ އެހެންކަމުން، އަނެއްކާވެސް، މި ޚިދުމަތަށް މިވަނީ އިތުރު ފަސޭހަ ބަދަލުތަކެއް ގެނެއްސްފައިވާކަމަށެވެ.

އެގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި:

  • ފޯމު ފުރިހަމަކޮށް، ސްކޭންކޮށް އަޕްލޯޑު ކުރަން ނުޖެހުން.

ޕާސްޕޯޓަށް އޮންލައިންކޮށް ހުށަހެޅެމުން ދިޔަ ނަމަވެސް، ފޯމު ފުރައި ސޮއިކޮށް، އެ ފޯމު އަނެއްކާ ސްކޭންކޮށް އަޕްލޯޑުކުރަން ޖެހުމުން ބައެއް ފަރާތްތަކުން ޝަކުވާކުރިކަމަށް އިމިގްރޭޝަންއިން ބުންޏެވެ. އަދި އިމިގްރޭޝަންއިން އެ ޝަކުވާތައް ބަލައިގަނެފައިވާކަމަށާއި، އެގޮތުން މިހާރު އިމިގްރޭޝަންއިން ވަނީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމު އުވާލައި، ފޯމާ ނުލައި އެޕްލިކޭޝަން ހުޅަހެޅޭނެ މަގު ފަހިކޮށްފައެވެ.

  • އައި.ޑީ ކާޑު އަދި ކުރީގެ ޕާސްޕޯޓުގެ ކޮޕީ ދެން ބޭނުމެއް ނުވާނެ.

ކުރީގެ ޕާސްޕޯޓުގެ ބަޔޯޑާޓާ އަދި އޮބްޒަރވޭޝަން ޕޭޖްގެ ފޮޓޯ އަޕްލޯޑް ކުރުމަކީ ކުރިން ކުރަމުން އައި ކަމެއް ނަމަވެސް، މި ބަދަލާއެކު އައި.ޑީ ކާޑު އަދި ކުރީގެ ޕާސްޕޯޓު ކޮޕީ ވެސް ދެން ބޭނުމެއްނުވާނެކަމަށް އިމިގްރޭޝަންއިން ބުންޏެވެ.

  • ސޮއި ކޮށްލުމަށްފަހު ފޮޓޯއެއް ނަގައި އަޕްލޯޑްކޮށްލުން.

ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޕްރޮސެސް މުޅިން ޑިޖިޓަލައިޒް ކުރެވުމާއެކު، ހުށަހަޅާ ފަރާތުން ސޮއިކުރުމަށް ވެސް މިވަނީ  ފަސޭހަތަކެއް ލިބިފައެވެ. މި އައި ބަދަލާއެކު، ޑިޖިޓަލް ސޮއި ބޭނުންކުރެވިދާނެއެވެ. ނުވަތަ ސޮއި ރަނގަޅަށް ސާފުވާނެ ފަދަ ތަނެއްގައި، (މިސާލަކަށް ހުދު ކުލައިގެ ކަރުދާސް) ދެލި ގަދަ ގަލަމަކުން ސޮއިކޮށްލުމަށްފަހު، އޭގެ ފޮޓޯއެއް ނަގައި އަޕްލޯޑް ކޮށްލީމަ ނިމުނީއެވެ. ނަމަވެސް، އަޕްލޯޑު ކުރާ ސޮއި، ޕާސްޕޯޓާ ހަވާލުވުމަށް އަންނައިރު ކުރަންވާނެއެވެ.

  • އީފާސް މެދުވެރިކޮށް ލޮގިން ވެވުން.

ޕާސްޕޯޓުގެ ޚިދުމަތަށް އެދޭއިރު، އިމުގާ ޕޯޓަލްއަށް ރަޖިސްޓަރކޮށް ވަކި އެކައުންޓެއް ހުޅުވަން ޖެހޭއިރު، މި ބަދަލާއިއެކު، އީފާސް އެކައުންޓް މެދުވެރިކޮށް ވެސް އިމުގާ ޕޯޓަލްއަށް ލޮގިން ވެވޭނެކަމަށް އިމިގްރޭޝަންއިން މައުލޫމާތު ދިނެވެ.

  • ދެ ޝިފްޓަށް ސްޓާފުން ބަހާލައި ޚިދުމަތް ދޭ ވަގުތު އިތުރުކުރުން.

ޕާސްޕޯޓުގެ ޚިދުމަތަކީ ޑިމާންޑު ބޮޑު ޚިދުމަތެއް ކަމަށް ފާހަގަކޮށް އިމިގްރޭޝަންއިން އިން ބުނ ީހަމައެކަނި ރަސްމީ ގަޑީގައި މި ޚިދުމަތް ދިނުމުގެ ބަދަލުގައި ދެ ދަންފަޅިއަކަށް ބަހާލައި، ޝިފްޓް ޑިއުޓީއަށް ސްޓާފުން ނުކުމެ ޚިދުމަތް ދޭނެކަމަށެވެ. އެހެންކަމުން، ކުރީގައި ހެނދުނު 8:00 އިން މެންދުރު 14:00 އާ ހަމައަށް ޕާސްޕޯޓާ ހަވާލުވުމަށް ދޫކުރި ނަންބަރު އިތުރު ގަޑިތަކުގައި ދޫކޮށް، ޚިދުމަތްދޭ ވަގުތު ބޮޑުތަނުން އިތުރުކުރެވި، ޕާސްޕޯޓު ޕްރޮސެސްކުރުމަށް ހޭދަވާ ވަގުތު މަދުވެ, ރައްޔިތުން ބޭނުންވާ ފަދަ އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެކަމަށް އިމިގްރޭޝަންއިން ގަބޫލުކުރެއެވެ.

އެގޮތުން ޕާސްޕޯޓު ޚިދުމަތުގެ ގަޑިތައް:

  • ހެނދުނު 8:00 އިން ރޭގަނޑު 21:00 އަށް.
  • ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާ ގަޑިތައް:
  • ހެނދުނު 8:30 އިން 12:00 އަށް، އަދި
  • މެންދުރު 12:45 އިން ހަވީރު 17:00 އަށް.

އިމިގްރޭޝަންއިން ބުނީ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް އަބަދުވެސް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: