ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިފަރާތަށް ޕާސްޕޯޓު ދޫކުރާއިރު އައިޑީ ކާޑު ގެންނަން ނުޖެހޭ ގޮތަށް ހަދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕާސްޕޯޓު ވެރިފަރާތަށް ދޫކުރާއިރު އައިޑީ ކާޑު ގެންދަން ނުޖެހޭ ގޮތަށް ހެދުމަށް ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ނިންމަވައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މިގޮތަށް ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން ސަރުކާރުން ރައްޔިތުންނަށް ހިދުމަތްދިނުމުގައި ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ކަމަށެވެ.

މިގޮތުން އިލެކްޓްރޯނިކް ޕާސްޕޯޓާއި ހަވާލުވުމަށް ވެރިފަރާތް ހާޒިރުވާނަމަ މިހާރު އައިޑީ ކާޑު ގެނައުން ލާޒިމު ނޫން ކަމަށް ވިދާޅުވިއެވެ. އަދި 18 އަހަރު ނުވާ ކުދިންގެ ބެލެނިވެރިން އެކުދިންނާއެކު ޕާސްޕޯޓާއި ހަވާލުވާން އަންނައިރު އެފަރާތްތަކުގެ އައިޑީކާޑުގެ ފޮޓޯއެއް ދެއްކުމުން އައިޑީ ކާޑު ވެރިފައި ކޮށްދޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އަދި ނޮން-އިލެކްޓްރޯނިކް އަދި އެމަޖެންސީ ޕާސްޕޯޓު ދޫކުރުމުގައިވެސް ވެރިފަރާތުން ޕާސްޕޯޓާއި، ހަވާލުވާނަމް އައިޑީކާޑު ގެނައުންވެސް ލާޒިމެއް ނުވާ ގޮތަށް ވަނީ ހަދައިފައެވެ.

މަޖުބޫރު އުޒުރެއް އޮވެގެން އެހެން ފަރާތަކުން ޕާސްޕޯޓާއި ހަވާލުވާނަމަ އިގުރާރު ސިޓީގައި އެފަރާތެއްގެ އައިޑީކާޑުގެ ސީރިއަލް ނަމްބަރު ޖަހަންވާނެ ކަމަށާއި އެއަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އައިސް އެފަރާތެއްގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން ވެރިފައި ކޮށްދޭނެ ކަމަށް އިމިގްރޭޝަން އިން ވަނީ ބުނެފައެވެ.

އިމިގްރޭޝަންގެ މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ހިދުމަތް ހޯދަން އަންނަ ރައްޔިތުންގެ އަޑުއަހައި އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމާއި އެ އިދާރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުން ކަމަށް އިމިގްރޭޝަންއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: