ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މެމްބަރުން އެންމެ ގިނަ ޕާޓީއަކީ އެމްޑީޕީ: އީސީ

ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތްކަމަށްވާ އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ދަފްތަރުގައި މެމްބަރުން އެންމެ ގިނަ ޕާޓީއަކީ އެމްޑީޕީކަން ހާމަވެއްޖެއެވެ.

އީސީއިން އާއްމުކުރި ސިޔާސީ ޕާޓީތަކުގެ ތަފާސްހިސާބުތަކާއި މެމްބަރުންގެ އަދަދާއި މައުލޫމާތަށް ބަލާއިރު ލިސްޓްގެ އެންމެ ކުރީގައި އުޅެނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ.

އެމްޑީޕީގައި ހުސްވި ޖޫން މަހުގެ ނިޔަލަށް 58،035 މެމްބަރުން ތިބިއިރު ދެވަނައަށް އެންމެ މީހުންގިނައީ އިދިކޮޅު ޕީޕީއެމްގައެވެ. ޕީޕީއެމްގައި 38،831 މެމްބަރުން ތިބިއިރު ތިންވަނަ އަށް އެންމެ މެމްބަރުން ގިނައީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ. ޖުމްހޫރީ ޕާޓީގައި 22،705 މެމްބަރުން ތިބިކަމަށް އިލެކްޝަންސްގެ ސިޔާސީ ޕާޓީތަކާއިބެހޭ ދަފްތަރުގައި ބުނެފައިވެއެވެ.

ޖުމްހޫރީ ޕާޓީއަށްފަހު މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި ތިބީ 10،277 މެމްބަރުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ސައްހަކަން ކަށަވަރުކުރުމާއި މެމްބަރުންގެ އަދަދު ވެރިފައިކުރުމަށް ބަދަލުތަކެއް ގެނެސް އިސްލާހުތަކެއް މަޖިލީހަށް ހުސްވި އޭޕްރިލް މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށްވަނީ ހުށަހަޅާފައެވެ. އެއިސްލާހުތަކުގައިވާގޮތުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބަލަހައްޓަންޖެހޭނީ އެޕާޓީއެއްގެ ރަޖިސްޓްރާއެވެ. ރަޖިސްޓްރާ ޕާޓީގެ މެމްބަރުންގެ އަދަދު އެކްސެލް ޝީޓެއްގައި ބަލަހައްޓައި އިލެކްޝަންސް އިން ތައާރަފްކޮށްފައިވާ ވެބްޕޯޓަލްއަށް އަޕްލޯޑްކުރަންޖެހެއެވެ.

ވަގަށް ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ހުސްވި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި ފެންމަތިވެފައިވުމާއި ގުޅިގެން ސިޔާސީ  ޕާޓީތަކާއި ބެހޭ ގާނޫނު ހަރުދަނާކުރުމަށް އިލެކްޝަންސްގެ ފަރާތުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސިޔާސީ  ޕާޓީތަކުގެ މެމްބަރުންގެ އަދަދުގެ ސައްހަކަން ބެލުމާއި މެމްބަރޝިޕް ފޯމްގައި ފިންގަރޕްރިންޓް ވެރިފައިކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭ ފައިސާ ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ވަނީ އެކުލަވާލެވިފައެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރަނީ 10،000 މެމްބަރުންނަށް ވުރެ އިތުރުވާނަމައެވެ. އަދި ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ތިބެންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: