ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓުލާ މީހުންގެ ރެޖިސްޓްރީ “ވަރަށް ސައްހަ” ކަމަށް ބުނަން ކެރޭ: ހަބީބު

އިސްމާއީލް ހަބީބު އީސީގެ ނައިބު ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯޓުގެ ނަތީޖާ ބިނާވަނީ ވޯޓުލާ މީހުންގެ މައްޗަށްކަމަށްވުމުން، ވޯޓުލާ މީހުންގެ ރެޖިސްޓްރީގެ ސައްހަކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ވޯޓާރޒް ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ، މޭ މަހުގެ ތެރޭގައި ގާނޫނުގައި އޮންނަ މުއްދަތުގެ ކުރިން އެއް މަސް ދުވަސްވަންދެން ޝަކުވާ ހުށައެޅުމަށް ހުޅުވާލިކަމަށެވެ. އޭނާ ވިދާޅުވީ، އެ ދުވަސްތަކުގެ ތެރޭގައިވެސް އެކަށީގެންވާ މިންވަރަކަށް ޝަކުވާތައް ހުށައެޅިގެންދިޔަކަމަށެވެ. އެހެންކަމުން އެ ޝަކުވާތަކާއި ގުޅިގެން ލިސްޓުގެ ސަައްހަކަން ކަށަވަރުކުރުމުގެ މަަސައްކަތްތައްކުރުމަށްފަހު، އަނެއްކާވެސް ގާނޫނުގައި ވާ މުއްދަތުގެ ތެރޭގައިވެސް ޝަކުވާއަށް ހުޅުވާލެވުނުކަމަށް ހަބީބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ފުރުސަތުގައިވެސް ޝަކުވާތައް ހުށައެޅުނުކަމަށެވެ. އެގޮތުން 51 ޝަކުވާއެއް ލިބިވަޑައިގެންނެވިކަމަށް އޭނާ ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ، ޑިޕާޓުމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އާއި މައުލޫމާތުތައް ހިއްސާކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، އެއީ މަސްދަރެއްކަމަށް ބެލުމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ޑީއެންއާރް މެދުވެރިކޮށް ނިޔާވި މީހުންގެ އަދަދުތައް ބެލުނުކަމަށާއި ޑީއެންއާރްގެ މައުލޫމާތުތަކަށް ބަލާއިރު، ނިޔާވެފައިވާ މީހުންގެ އަދަދަކީ 267 މީހަކުކަމަށް ފާހަގަކުރެވިފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެޑްރެސް ބަދަލުވި މީހުންގެ އަދަދުތައް ދިމާވާކަމަށެވެ.

އެހެންކަމުން “ޝަކުވާއަށް ޝަކުވާ ހުށައެޅުމަށް” ހުޅުވާލާފައިވާ ފުރުސަތުގެ ތެރޭގައި އެންމެހާ ޕާޓީތަކުންވެސް ލިސްޓު ބެއްލެވުން ވަރަށް މުހިންމުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަބީބު ވިދާޅުވީ، ކެނޑިޑޭޓުންނާއި ކައުންސިލުތަކުންވެސް ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށް އިލެކްޝަންސްއަށް ހުށައެޅުނު ޝަކުވާތަކާއި ގުޅިގެން ކުރެވިފައިވާ މަސައްކަތްތައްވެސް ބެއްލެވުން މުހިންމުކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިލެކްޝަންސްގެ ނިންމުންތައް ބަލައިގަތުމުގައި ދަތިވެވަޑައިގަންނަވާ ފަރާތްތަކަށް ހައިކޯޓަށް މައްސަލަ ހުށައެޅުއްވުމުގެ ފުރުސަތުވެސް ފަހިވެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ވޯޓު ލާ މީހުންގެ ރެޖިސްޓްރީއަކީ “ވަރަށް ސައްހަ” ރެޖިސްޓްރީއެއްކަމަށް ދަންނަވަން ކެރިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އިލެކްޝަންސްއިން ފޮރުވައިގެން ގެންގުޅޭ އެއްޗެއް ނޫންކަމަށެވެ. އަދި އެއީ ހާމަކަން ބޮޑު ގޮތެއްގައި ގެންގުޅެމުންދާ ރެޖިސްޓްރީއެއްކަމަށާއި އެއީ ސަރުކާރުގެ ޖެޒެޓުގައިވެސް އާންމުކޮށް ޝާއިއުކުރެވޭ އެއްޗެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަބީބު ވިދާޅުވީ، މިހާރު ހުޅުވާލެވިފައިވަނީ ޝަކުވާއަށް ހުށައެޅުމުގެ ފަހު ފުރުސަތުކަމަށެވެ. އަދި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: