ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ ރައީސް އެކަނި ހުއްޓަސް، ކޮމިޝަން ހިނގާނެ: ހަބީބު

އީސީގެ ރައީސް ފުއާދް އަދި ނައިބު ރައީސް ހަބީބު: ފޮޓޯ/ އިލެކްޝަންސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ހުއްޓިގެން ނުދާނެކަމަށާއި އެ ކޮމިޝަންގެ ރައީސް އެކަނި ހުންނެވި ނަމަވެސް މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސްގެ މެމްބަރުން އެ ކޮމިޝަނުގެ ބައްދަލުވުމުގައި ބައިވެރިނުވުމާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވައި ހަބިބު ވިދާޅުވީ، އެއް މެމްބަރަކު ހުންނެވީ ޗުއްޓީގައިކަމަށެވެ. އަދި އަނެއް ދެ މެމްބަރުން ވަޑައިނުގަންނަވަނީކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ގެއެއް އަދި މުއައްސަސާއަކާއި ޖަމާއަތެއްގެ ތެރޭގައިވެސް ކަންކަމާއިމެދު ހިޔާލުތަފާތުވުންތައް ހުންނާނެކަމަށެވެ. އެހެންކަމުން އެ މުއައްސަސާގައިވެސް ހިޔާލުތަފާތުވުންތަކެއް އޮތުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.

ހަބީބު ވިދާޅުވީ، އެކަމުގެ ސަބަބުން އިލެކްޝަންސްއިން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކަށް އަސަރެއް ނުކުރާނެކަމަށެވެ. އޭނާ ވިދާޅުވީ، ގާނޫނުގައި އޮންނަ ގޮތަށް ކަންކަން ވަރަށް ބޮޑަށް އިންތިޒާމުކުރެވިފައިވާކަމަށެވެ. އަދި އެ މަސްއޫލިއްޔަތު އަދާކުރައްވަމުންދަނީ އެ މުއައްސަސާގެ ސެކެޓްރީ ގެނެރަލްކަމަށާއި މުއައްޒަފުން އެ މަސައްކަތްތައް ކުރައްވާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އެކަނި ހުންނެވި ނަމަވެސް ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށެވެ.

އޭނާ ވިދާޅުވީ، ދެން އޮންނާނީ ކޮމިޝަނުން ނިންމައިގެން ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައްކަމަށެވެ. ހަބީބު ވިދާޅުވީ އެފަދަ މަސައްކަތްތައް ކުރިއަށް ދާކަމަށެވެ. އޭނާ ވިދާޅުވީ، ޖަލްސާތައްވެސް ކުރިއަށް ގެންދަވާކަމަށެވެ.

އެހެންކަމުން ހިޔާލުތަފާތުވުންތައް ހުންނާނެކަން ތަކުރާރުކުރައްވާކަމަށާއި އެހެންނަމަވެސް މިހާރު ކުރިއަށް ގެންދަވާ ބައްދަލުވުމަކީ އެ ވާހަކަތަކުގެ ތަފްސީލަށް ވަޑައިގަންނަވަން އެކަށީގެންވާ ތަނެއް ނޫންކަމަށް އޭނާ ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ހާޒިރުވެ ތިއްބެވި ބޭފުޅުން ބޭނުންވަނީ އިލެކްޝަންސްގެ މަސައްކަތްތައް ގާނޫނާއި އެއްގޮތަށް ކުރައްށް ދާކަމުގެ ޔަގީންކަން ކަމަށެވެ. އަދި ޔަގީންކަން ދެއްވާކަމަށްވެސް ފާހަގަކުރެއްވިއެވެ. ހަބީބުގެ އިތުރުން އިލެކްޝަންސްގެ ރައީސް ފުއާދު ތައުފީގުވެސް ވަނީ އެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: