ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުތިޖާޖު ހިނގި ސަރަހައްދުން މީހަކު ހިފެހެއްޓީ ތަކެތި އުކުމުގެ ސަބަބުން: ފުލުހުން

އިއްޔެގެ އިހުތިޖާޖު ހިނގި ސަރަހައްދުގައި ކުޑަކުއްޖަކު ހުރި މަންޒަރު ފެނިގެންދާ ފޮޓޯއެއް: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ސިޔާސީ ހަރަކާތެއް ހިނގަމުންދިޔަ ސަރަހައްދުން މީހަކު ހައްޔަރުކޮށްފައިވަނި ފުލުހުންނަށް އަމާޒުކޮށް އެއްޗެއް އެއްލުމާއި ގުޅިގެންކަމަށާއި ކުއްޖަކު ހުރިކަން ފެންނަން ނެތްކަމަށް ދިވެހި ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

އިއްޔެގެ ވަގުތެއްގައި ކުރިއަށް އިދިކޮޅުގެ އިހުތިޖާޖު ހިނގަމުންދިޔަ ސަރަހައްދުން ދަތުރުކުރަމުން ދިޔަ މީހަކު އަނިޔާވެރިކަމާއިއެކު ހައްޔަރުކޮށްފައިވާކަމަށް ބުނެ ޕީޕީއެމް ޕީއެންސީއިންވަނީ ބަޔާނެއް ނެރެފައެވެ. އިދިކޮޅުން ބުނާގޮތުން، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެއްވެސް ބެލުމެއް ނެތި، އޭނާއިއެކު ކުޑަ ކުއްޖަކު ހާޒިރުވެ ހުރި ވަގުތެއްގައިކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އަނިޔާވެރިކަމާއިއެކު ކަމަށާއި އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބުނެފައިވެއެވެ.

އިދިކޮޅުން ބުނެފައިވާގޮތުން، ހައްޔަރުކޮށްފައިވަނީ އެ ފޮޓޯއެއް ނެގުމަށްފަހު އެ ތަނުން ދިއުމަށް މަސައްކަތްކުރި މީހެކެވެ. އަދި އޭނާގެ ސައިކަލު ފަހަަތުގައި އެވަގުތު އިން ކުޑަކުއްޖާ އާއި ހަވާލުވާނެ މީހަކު ހުރިތޯވެސް ބަލާފައިނުވާކަމަށް ބުނެފައިވެއެވެ. އަދި ހިނގާ ބިނގާ ދަތުރުކޮށް ހަދަމުންދާ މީހުންނަށް ފުލުހުން އަނިޔާކުރުމަކީ މާލޭގެ އަމާންކަމާއިމެދު ރައްޔިތުން ސުވާލު އުފައްދާކަމެއްކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މިއީ ސީރިއަސް މައްސަލައެއް ކަމަށާއި، އިންޓެގްރިޓީ ކޮމިޝަނަށް މައްސަލަ ބެލުމަށް ގޮވާލާކަމަށް ބުނެފައިވެއެވެ. އަދި ކަން ހިނގައިދިޔަ ގޮތް ހިއްސާކުރުމަށް ފުލުހުންނަށްވެސް ގޮވާލާކަމަށާއި އެ މީހާ ދޫކޮށްލުމަށް ގޮވާލާކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުންގެ މުއައްސަސާއިންވެސް ވަނީ މި މައްސަލައާއި ގުޅިގެން މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެ މީހާ ހައްޔަރުކުރީ ފުލުހުންގެ ސަފު ކުރިމައްޗަށް އަރައި އެއްޗެއް އެއްލުމުގެ ސަބަބުންކަމަށާއި އެ ވަގުތު އޭނާގެ ގާތުގައި ކުޑަކުއްޖަކު ފެންނަން ނެތްކަމަށް ބުނެފައިވެއެވެ.

ކުޑަކުއްޖަކު ހުރިކަން ފާހަގަނުވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފައިވާއިރު، އިއްޔެގެ އިހުތިޖާޖުގެ ތެރެއިން ކުޑަކުއްޖަކު ރައްކައުތެރިކުުރުމަށް އެ ހަރަކާތުގެ ބައިވެރިން މަސައްކަތްކުރަމުންދާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވެއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ފުލުހުންގެ މުއައްސަސާއަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: