ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ރޫޅާލުމަކީ ނަޝީދު ދެކެމުންދާ ހަގީގަތަކަށް ނުވާނެ ހުވަފެނެއް: ފައްޔާޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ރޫޅިދިއުމަށް ޖާގަ ނުދެއްވާނެކަމަށް އެ ޕާޓީގެ ޗެއަރޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްއަށް ސޮއިކުރައްވައި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ “ފޫވަށް” ވެއްޓިގޮސްފައިވާކަމަށެވެ. އެހެން ކަމުން އެމްޑީޕީގެ މެމްބަރުންނަށް ދަންނަވަން އޮތީ ޕާޓީ ރޫޅާލާނެ ވާހަކަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒުވަނީ އެމަނިކުފާނު ކުރައްވަން ވިސްނާވަޑައިގެންފައިވާ މަސައްކަތްތަކަށް އޭނާ ޖާގަ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ މެމްބަރުންނާއި ހިއްސާކުރެއްވި މެސެޖެއްގައި ފައްޔާޒު ވިދާޅުވީ، ރައީސް ނަޝީދު އުފައްދަވާފައިވާ ޑިމޮކްރެޓްސްއިން ވިއްކަމުންދާ ހަމައެކަނި ސިޔާސަތަކީ ނަފުރަތުކަމަށެވެ. އަދި އެކަން ކުރެއްވުމަށް ޕާޓީއެއް ވުޖޫދު ކުރެއްވުނު ނަމަވެސް، އެމްޑީޕީ ފުނޑުފުނޑުކޮށްލުމަކީ ރައީސް ނަޝީދު ދެކިވަޑައިގަންނަވަމުންދާ ހުވަފެނެއްކަމަށާއި އެއީ ހަގީގަތަކަށް ވާނެ ހުވަފެނެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒުވަނީ ރައީސް ނަޝީދުގެ ފަރާތުން ފެނިގެންދިޔަ ކުލަވަރުތަކާއި އިވިގެންދިޔަ އަޑުތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް އަސަރުކުރި ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ދެއްކެވި ވާހަކަތަކުން އެމަނިކުފާނު އެމްޑީޕީއާއި ޒާތީ ހަސަދަވެރިކަމެއް ގެންގުޅުއްވާކަން ހާމަވަގެންދާކަމަށާއި އެމަނިކުފާނު އަމަލުކުރައްވަމުންދަނީ ތަހުޒީބު މުޖުތަމައަކާއި ނުބައްދަލު ގޮތަކަށްކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ވިދާޅުވުމާއިއެކު ފައްޔާޒު އެމަނިކުފާނަށް ހޫނު ރައްދެއް ދެއްވާފައިވާއިރު، އެމަނިކުފާނުގެ އިރުޝާދުގެ މަތިން ޕާޓީއާއި ވަކިވެވަޑައިގެންނެވި އިސް މެމްބަރުންވެސް ވަނީ އެ ބޭފުޅުންގެ ވާހަކަތަކުގެ ތެރެއިން ސަރުކާރަށް ގިނަ ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: