ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ ވައުދަކީ ރަހުނުނެތް ވިޔަފާރި ލޯންޗްކުރުން: އިލިޔާސް ލަބީބް

އައްޑޫ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސްގެ އިގްތިސާދީ ސިޔާސަތަކީ ރަހުނަކާ ނުލާ ލޯނު ރައްޔިތުންނަށް ދޫކުރުން ކަމަށް ޑިމޮކްރެޓްސްގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ އިގްތިސާދީ ސިޔާސަތު ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި އިލްޔާސް ވިދާޅުވީ ރައްޔިތުންނަށް އިކުއިޓީ އާއި އިންޓްރެސްޓް ފްރީ ލޯން ދިނުމަކީ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި އެންމެ ބޮޑަށް ބަލާނެ އެއްކަންތައް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ބޯމަތިވެފައިވާ މިދުވަސްވަރު، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާފައިވާ އައު ސިޔާސީޕާޓީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ޑިމޮކްރެޓްސް އަށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގާނޫނީ ހުއްދަ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުސްވި ޖޫން މަހުގެ ތެރޭގައި ދީފައިވާއިރު، މިހިނގާ ޖުލައި މަހުގެ ތެރޭގައި ޑިމޮކްރެޓްސް ވަނީ ރަޖިސްޓްރީކޮށް ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރަން ފަށާފައެވެ.

ރައީސް ނަޝީދާއި އެކު ޑިމޮކްރެޓްސް އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ދަތުރުތަކުގައި ދަނީ ބައިވެރިވަމުންނެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީފަދަ ބޭފުޅުން ހިމެނެއެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން އުފާވެރި އަމާން ރާއްޖެ ކެމްޕޭންގެ ދަށުން އެކިއެކި ބައްދަލުވުންތަކާއި ޑޯޓުޑޯ ހަރަކާތްތަކާއި އެހެނިހެން އެކިއެކި ރެލީތައް ދަނީ ބާއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ގެންދަވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ދައުރެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ރައީސް ސާލިހް ގެންދަވަނީ އެކިއެކި ވައުދުތައް ވެލައްވަމުންނެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާގެ އެކި މަޝްރޫއުތައް ނިންމުމާއި ސިއްހީ ނިޒާމް ހަރުދަނާކުރުމާއި ފުޓްސަލް ދަނޑުތައް ހުޅުވުމާއި އައުޓްޑޯ ޖިމްތައް އެޅުމާއި ސްކޫލްތަކުގެ އިމާރާތްތައް އެޅުމާއި އެއްދަންފަޅިއަށް ސްކޫލްތައް އެޅުމަށް ކުރަންޖެހޭ މަަސައްކަތްތައް ފުރިހަމަ ކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: