ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދަނީ ދައުލަތް މެދުވެރިކޮށް ވައްކަންކުރަމުން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ގެންދަނީ ދައުލަތް މެދުވެރިކޮށް ވައްކަން ކުރަމުން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މިސަރުކާރުން ވައްކަމާއި ހިޔާނާތުގެ ތެރެއިން މަޝްރޫއުތައް ހިންގަމުންގެންދާ ކަމަށެވެ.

ޕީޕީއެމްގެ ސަރުކާރުން ކުރިގިނަގުނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައި ސައީދު ވިދާޅުވެފައިވަނީ ސަރުކާރު ސްލޯކަމާއި ސަރުކާރުގެ ގިނަގުނަ މަޝްރޫއުތައް ނުނިމިވާކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ މިސަރުކާރުން އިގްތިސާދަށް ކުރިއެރުމެއް ގެނެވިފައިނުވާ ކަމަށެވެ.

އިންޑިއާގެ ލޯން އެއްބަސްވުންތަކާއި އެހެނިހެން އެގްރިމެންޓް ތަކާއިބެހޭގޮތުން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އިންޑިއާއިން ބުނަމުންގެންދާހާ ގޮތަކަށް ސަރުކާރު ހިންގަންތިބި އިސްވެރިން އަމަލުކުރަމުންދާ ކަމަށެވެ.

ސައީދުގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި މެމްބަރުން ދަނީ މިސަރުކާރަކީ ވައްކާއި ހިޔާނާތުން އުފެދިފައިވާ ސަރުކާރެއް ކަަމަށް ބުނަމުންނެވެ. ސަރުކާރާއި ރައީސް ސާލިހަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އިން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ދައުލަތުން ނުފޫޒުފޯރުވާ ކަމަށް އެޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ދަނީ ބުނަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމާއި އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރުންގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި އޭރާއި މިހާރުގެ މަޖިލިސް މެމްބަރުން ގެންދަވަނީ އިންސާފުވެރި ޝަރީއަތެއް ރައީސް ޔާމީނަށް ލިބެންޖެހޭކަމަށް ބުނެ ވަކާލާތު ކުރަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ލަސްވުމާއި ޝަރީއަތްތައް ކެންސަލްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ޕީޕީއެމް އަދި ޕީއެންސީއިން ވަނީ އުފުލާފައެވެ. އެގޮތުން އިދިކޮޅުން ވަނީ ސަރުކާރާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްފަރާތްތަކާއި ބައްދަލުކޮށް ރައީސް ޔާމީންގެ ޖަލުހުކުމް އިސްތިއުނާފު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއްކޮށްފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ނޫން އެހެން ބޭފުޅަކު ޕީޕީއެމް އަދި ޕީއެންސީ އިން ނުނެރޭނެ ކަމަށް އެދެޕާޓީއަށް ތާއީދުކުރާ ފަރާތްތަކާއި ޕާޓީގެ ލީޑަރޝިޕުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: