ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގައި އެއްވެސް މައްސަލައެއް ނެތް، ޖަލްސާތައް ފުރިހަމައަށް ކުރިއަށްދޭ: ހަބީބް

އީސީގެ ރައީސް ފުއާދު އާއި ނައިބު ރައީސް ހަބީބް އީސީގެ ނިއުސް ކޮންފަރެންސެއްގައ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތްކަމަށާއި، ކޮމިޝަނުގެ މަސައްކަތްތައް ބައްޓަން ކުރާނީ ޖެހޭ މައްސަލަތައް ހައްލުކޮށް މަސައްކަތްތައް ނުހުއްޓި ކުރެވޭ ގޮތަށްކަމަށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

އީސީގެ ތެރޭގައި މައްސަލަތަކެއް ޖެހި ހިޔާލު ތަފާތުވުމެއް އޮތްކަން މީޑިއާތަކަށް ތިލަވީ އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ކޮމިޝަނަށް ހުށައެޅުމާއިއެކުއެވެ. މިކަމާއި ގުޅިގެން ކޮމިޝަންގެ ޖަލްސާތައް އޭރު މަޑު ޖެހުމަކަށްވެސް އައެވެ.

މި މައްސަލައިގައި ތެރެއިން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް ނިންމުމަށްފަހު، އޭގެ އިތުރު މާ ބޮޑު ތަފްސީލެއް މީޑިއާތަކަކަށް ނުލިބެއެވެ.

އެހެންކަމުން މިއަދު ދަރުބާރުގޭގައި އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގުން“ ވަނީ މިކަމާއި ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. ފުއާދު އާއި މެންބަރުންނާއި ދެމެދު އޮތް މައްސަލަތަކަށް ހައްލެއް ލިބިއްޖެތޯ ސުވާލުކުރުމުން ހަބީބް ވިދާޅުވީ މިހާރު ކޮމިޝަން ރަނގަޅަށް ހިނގަމުންދާކަމަށެވެ. ޖަލްސާތައްވެސް ފުއާދުގެ ބައިވެރިވުމާއިއެކު ފުރިހަމައަށްދާކަމަށް ހަބީބް ވިދާޅުވިއެވެ. އަދި ޔަގީންކަން ދެއްވީ މިފަދަ އެއްވެސް މައްސަލައެއްގެ ސަބަބުން، ކޮމިޝަނުގެ މަސައްކަތަށް ބުރުލެއް ނާރާނެކަމުގެއެވެ.

ކޮމިޝަނުގެ މަސައްކަތްތައް ބައްޓަންވާނީ ޖެހޭ މައްސަލަތައް ހައްލުކޮށް މަސައްކަތްތައް ނުހުއްޓި ކުރެވޭ ގޮތަށްކަމަށް ހަބީބް ވިދާޅުވިއެވެ.

ކޮންމެ މުއައްސަސާއެއްގެ ތެރޭގައިވެސް ހިޔާލު ތަފާތުވުން ހުންނާނެ، އެ ހިޔާލު ތަފާތުވުންތަކާއި އެކީގައި ކުރިއަށް ގެންދެވޭކަމުގައި ވަންޏާ، އެއީ މައްސަލައެއްވެސް ނޫން.

ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ކޮންމެ ކޮމިޝަނެއްގައިވެސް އަދި އެހެން ތަންތަނުގައިވެސް ހިޔާލު ތަފާތުވުންތައް އޮންނާނެކަމަށެވެ. ހިޔާލު ތަފާތުވުންތަކާއިއެކުވެސް މަސައްކަތްކުރެވޭނަމަ އެއީ މައްސަލައެއް ނޫންކަމަށް ހަބީބް ވިދާޅުވިއެވެ. ނަމަވެސް މިފަދަ ކަންކަމަކީ އާންމުވާންޖެހޭ ކަންކަން ނޫންކަމަށާއި، ނުތަނަވަސްކަން އުފެދޭ ސަބަބަކީވެސް އެއީކަމަށް ހަބީބް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: