ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ފަހު ރައީސް ސާލިހަށް ޖެހޭނީ އިލްޔާސްގެ ފަހަތަށް އަރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބިބުގެ ފަހަތަށް އަރާވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދަންނަވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްއިން ގއ ވިލިންގިލީގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީ ވެގެންދާނީ ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބޭ ޕާޓީއަށްކަމަށެވެ. އަދި ޑިމޮކްރެޓްސް އޮންނާނީ ދެވަނަގައިކަމަށްވުމުން އެމްޑީޕީގެ އާންމު މެމްބަރުންނާއި ރައީސް ސާލިހުވެސް އިލްޔާސްގެ ފަހަތަށް އަރާވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ޕާޓީއާއި ”ފަރިތަ“ ވެލެއްވުމަށް ރައީސް ސާލިހަށް ދަންނަވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހުންނެވީ ސާބިތުކަންމަތީ އިލްޔާސްގެ ފަހަތުގައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހަމަ އެފަދައިން ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހަށްފަހު ރައީސް ސާލިހަށްވެސް އެކަން ކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ އެންމެހާ މެމްބަރުން ތިއްބަވާނީވެސް އިލްޔާސް ލަބީބުގެ ފަހަތުގައިކަމަށާއި ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރާނީ އެ ޕާޓީގެ ކެންޑިޑޭޓުންކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިވަގުތު ރާއްޖެއަށް އެންމެ މުހިންމީ މާލީ އަދި އިދާރީ މަސައްކަތްތައް ލޯ ހުޅުވިފައިވާ ޒުވާން ލީޑަރެއް ދިވެހިރާއްޖެއަށް ރައީސްގެ ގޮތުގައި ހިދުމަތްކޮށްދިނުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް އަދި ދިވެހިންގެ ދިވެހިވަންތަކަަން ގުޅިފައިވަނީ ދިވެހިރާއްޖޭގެ ދަރަންޏާއިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އަދުގެ ދުނިޔޭގައި ގައުމުތަކުގެ މިނިވަންކަން ގެއްލިގެންދަނީ މިލިޓަރީ ބާރަކުން އެކަނި ނޫންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެކަން ވެގެންދަނީ ”ޖަހާ ބަޑިއަކުން“ ނުވަތަ ”ބޮމަކުން “ ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެކަން ވެގެންދަނީ ދަރަނީގެ ދަންތުރައެއްގައި ޖެހިގެންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިނިވަންކަމާއި އިސްތިގުލާލު އަދި ގައުމު ގެއްލިގެންދަނީ އެފަދަ ދަންތުރަތަކުގެ ތެރެއިންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: